މިއަދު މާލޭގައި ހިނގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު 12:45 ހާއިރު މާލެ ޝަހީދު އަލީ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި މާރާމާރީގައި ދެ މީހަކު ޒަހަމްވެފައިވާއިރު، އެ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ މާލެ ދަރުބާރުގެ ސަރަހައްދުގައިވެސް މާރާމާރީއެއް ހިނގާފައިވާއިރު މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ ހިނގި މި މާރާމާރީގައިވެސް މީހަކަށް އަނިޔާވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

މި ދެ މައްސަލަވެސް ތަހުގީގުކުރަމުން އަންނައިރު، މި މަރާމާރީ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮަށްފައެއް ނުވެއެވެ.