މާލެ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީ އާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައި ވާކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ މާރާމާރީ އެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ރޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު މިއަދު ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު ހޮސްޕިޓަލާއި ހަވާލާ ދީ ފުލުހުން ބުޏި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، އީދު ބަންދާއި ގުޅިގެން މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.