މާލެ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ މާރާމާރީ އެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މާރާމާރީގައި އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ ފިލުހުން ބުނީ އަނިޔާ ލިބިގެން ފަރުވާ ދެމުންދާ މީހާގެ ހާލު އެހާ ސީރިއަސް ނޫންކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަޟްހާ އީދާއި ގުޅިގެން މާލެ އާއި ރާއްޖޭގެ އަތޮޅުތަކުގައި އަމާން ބެލެހެއްޓުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.