މާލެއިން ހުޅުމާލެއަށް ދެވޭ ހައިވޭގައި ވަގު ބޯޑެއް އަޅުވައިގެން ދުއްވި އުޅަނދެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަަ ރިޕޯޓް ކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:18 ހާއިރު ކަމަށެވެ. ހައިވޭގެ ދެކުނުން އުތުރަށް ދުއްވި ޕިކަޕަކީ ރަޖިސްޓްރީ ވެސް ނުކުރާ އުޅަނދެއް ކަމަށާއި އެ އުޅަނދުގައި ހަރުކޮށްފައިވާ ބޯޑަކީ ވަގު ބޯޑެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި އެ އުޅަނދު ދުއްވަން އިން ޑްރައިވަރަކީ ލައިސަންސް ވެސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ވަގު ބޯޑެއް ޖަހައިގެން ލައިސަންސް ނެތި ޕިކަޕެއް ދުއްވި މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، މިއަދު ހަވީރު ގިނަ ބަޔަކު އަރުވައިގެން ޕިކަޕެއް ދުއްްވާފައި ދިޔަ މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
މި ދެ މައްސަލައަކީ އެއް މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.