ވައްކަމުގެ ތަފާތު ދެ މައްސަލައަކާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު ރ. މަޑުއްވަރީގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގައިގެން އުޅޭ ސާމާނުތަކެއް ހޯދާފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމަކު އެއީ ކޮން ސާމާނުތަކެއް ކަން ފުލުހުން ހާމައެއް ނުކުރިއެވެ.
ދެވަނަ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މިއަދު މެންދުރު ހުކުރު ނަމާދަށް ފަހު 1:15 ހާއިރު، ޖާޒީތަކެއް ވަގަށް ނެގި މައްސަލައެއް މާލެއިން ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި، އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކުރި ކަމަށެވެ.
ދެ މައްސަލަ ވެސް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.