މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފުލުހުން ހިންގާ ތަހުގީގަކަށް 4 މީހަކު ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެމީހުން ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ، މިއީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ 4 މީހުން ކަމަށާއި އެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ހާޒިރު ވާން އިއުލާން ކުރި ހަތަރު މީހުންނަކީ:
- ހަސަން ނަބީލް، ގއ. ކަނޑުހުޅުދޫ / ފެހިއައްސޭރި (43އ) - އައިޑީ ކާޑު ނަންބަރު: A099246
- އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ) - އައިޑީ ކާޑު ނަންބަރު: A070363
- ޔޫނުސް އަބްދުއްރަހްމާން، ގއ. ގެމަނަފުށި / ގުމްރީގެ (24އ) - އައިޑީ ކާޑު ނަންބަރު: A329933
- އަލީ ޝަމީމް، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 8136 (58އ) - އައިޑީ ކާޑު ނަންބަރު: A050584
ފުލުހުން ބުނީ، މި ހަތަރު މީހުންނަކީ ވެސް މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ހާޒިރުކުރަން ހޯދާ ބައެއް ކަމަށެވެ.
އެގޮތުން ހާޒިރުވާންޖެހޭ ތަނަކީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަން ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހުގެ 2:00 އަށް ހާޒިރު ވުމަށް އަންގާ ކަމަށް ފުލުހުން ކުރި އިއުލާންގައި ބުނެފައި ވެއެެވެ.