ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު، ބާހިޒް ޝަފީގް ނިޔާވެއްޖެއެވެ.

ބާހިޒް ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ބާހިޒް ނިޔާވީ ގޮހޮރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާ ވަނީ މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ސ. ފޭދޫއަށް އުފަން ބާހިޒްއަކީ އެންމެނާ ވެސް ގުޅޭ މީހެއް ކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ.

އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގައިވެސް އިސް ރޯލެއް އަދާކޮށްފައެވެ.

އަދި ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މަގާމަށް ބާހިޒް އައްޔަން ކުރީވެސް މި ސަރުކާރުންނެވެ.