އީދު ބަންދު ދުވަސްތަކުގައި އާސަންދަ ކައުންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން ބުނީ އީދު ބަންދުގައިވެސް އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އަދި އާސަންދަ މޮބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ފަސޭހަކަމާއެކު އެޕްލައިކުރެވޭނެ ކަމަށެވެ.
އަދި އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ އާސަންދަ ހޮޓްލައިން 1400 އަށް ކޮންމެ އިރަކުވެސް ގުޅޭނެ ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއެވެ.
އާސަންދަ ކައުންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް 16 ޖޫން އިން 20 ޖޫން އަށް:
- އާސަންދަ ފްރޮންޓް އޮފީސް (ފެން ބިލްޑިންގް ގެ ތިންވަނަ ފަންގިފިލާ) - ބަންދު
- އައިޖީއެމްއެޗް ކައުންޓަރު - 08:00 އިން 00:00 އަށް
- ޓްރީޓޮޕް އަދި އޭޑީކޭ ކައުންޓަރު - 14:00 އިން 22:00 އަށް
- އައްޑޫ އިކުއަޓޯރިއަލް ހިސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ފ. އަތޮޅު ހޮސްޕިޓަލް ކައުންޓަރު - 08:00 އިން 16:00 އަށް
17 އަދި 18 ޖޫންގައި ކައުންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް:
- ހުޅުމާލެ ހޮސްޕިޓަލް ކައުންޓަރު: 08:00 އިން 16:00 އަށް
އާސަންދަ އިން ބުނީ 16 ޖޫން އިން 20 ޖޫން އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އެ ދުވަސްތަކުގައި އާސަންދަ ޕްރޮންޓު އޮފީސް ކައުންޓަރު ބަންދު ވާނެ ކަމަށެވެ. ނަމަވެސް އެ ނޫން އެހެން ތަންތަނުގައި ހުންނަ ކައުންޓަރުތައް ހުކުރު ދުވަސް ހިމެނޭހެން ތާވަލާ އެއްގޮތުގެ މަތިން ހުޅުވާނެ ކަމަށެވެ.