އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު 07:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.

މިގޮތުން އެ ސަރަހައްދަށް ފަޔާ ފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ މިއަދު 08:00 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބާ އުޅަނދުތަކާ، އެކި ކަހަލަ މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނުތައް ބަހައްޓުމަކީ އާންމުކަމަކަށްވާއިރު، މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިފަދަ ތަކެތި ނެގުމަށް އަންގާފައެވެ.