ލިޔުއްވި ބޭސް ސިޓީ އަކާ ގުޅުގައި، ބަލަން ޖެހޭ ވަރަށް ނުބަލައި ރާއްޖެޓީވީ އިން އޭނާގެ ބޮލުގައި އެޅުވީ ވައްކަމާއި އޮޅުވާލުމުގެ ބަދުނާމު ކަމަށް ކަށީގެ ޑޮކްޓަރު ޑރ. އަލީ މުޒުނީ ވިދާޅުވެއްޖެއެވެ.
މުޒުނީ މިފަދައިން ވިދާޅުވެފައި ވާއިރު ރާއްޖެ އެމްވީގައިވެސް "ޑޮކްޓަރަށް ނޭނގި އަގުބޮޑު ބާރުގަދަ ބޭސްތަކެއް ހުރީ އިތުރު ކޮށްފައި، ބޭސް ނަގަން ދިޔައިރު އާސަންދައިން އިނީ ބިލް ހަދާފައި!" މި ސުރުހީގައި އެ ވާހަކަ އެބައޮތެވެ. މި އާޓިކަލްގައި ބުނެފައި ވަނީ މިފަހަރު އާސަންދައިގެ ތެރެއިން ފާޅުގައި ވައްކަންކުރި ކަމަށާއި އެކަން މިބުރު ފަޅާ އަރާފައިވާ ކަމަށެވެ.
އެގޮތުން ބޭސް ސިޓީގައި ޑޮކްޓަރު ނުހިމަނާ އެތަކެއް ބޭހެއް ފަހުން އާސަންދަ ޕޯޓަލް އިން ބެލި އިރު ބޭސް ސިޓީގައި ހިމަނާފައި ހުރި ކަަމަށާއި، ބޭސް ސިޓީއަށް މި ބޭސްތައް އިތުރުކުރީ ކާކުކަމެއް ޑޮކްޓަރަކަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިކަމާ ގުޅިގެން ޑޮކްޓަރާ ސުވާލު ކުރުމުން ޑޮކްޓަރު ހިތްހަމަޖެހިވަޑައި ނުގެން އެއީ ލާރި ހޯދަން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. މުޒުނީ ވިދާޅުވީ އެއް ނަމެއް ކިޔާ 2 ބަލި މީހަކު ޖެހި ޖެހިގެން ދެރޭ ކަކުލުގައި ރިއްސާތީ އައި ކަމަށެވެ. އެތަނުން ފުރަތަމަ އައި 72 އަހަރުގެ އަޒީޒާ މުހައްމަދަށް ދިނީ ހަމައެކަނި އުނގުޅާ ބޭހެއް ކަމަށާއި މީނާ އަކީ ދެ ކަކުލުގެ ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ މީހެއް ކަމަށް މުޒުނީ ވަނީ ވިދާޅުވެފައެވެ.
މުޒުނީ ވިދާޅުވީ ދެން ޖެހިގެން އައި ރޭ އައީ 48 އަހަރުގެ އަޒީޒާ މުހައްމަދެއް ކަމަށާއި، އާސަންދަ ޕޯޓަލް އިން ބަލިމީހުންގެ ލިސްޓުން ނަން ސިލެކްޓު ކުރެވުނީ ކުރީދުވަހު ދެއްކި 72 އަހަރުގެ އަޒީޒާ މުހައްމަދުގެ ކަމަށެވެ. އެހެންކަމުން 48 އަހަރުގެ އަޒީޒާގެ ބޭސް ތައް ލިޔެވުނީވެސް 72 އަހަރުގެ އަޒީޒާގެ ބޭސް ސިޓީގައި ކަމަށެވެ.
އެއާއެކު 48 އަހަރުގެ އަޒީޒާ ވަނީ އެ ބޭސް ސިޓީ ހިފައިގެން ގޮސް އެ ސިޓީ އަށް ބޭސް ނަގާފައި ކަމަށްވެސް މުޒުނީ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ގަސްތުގައި އޮޅުވާލައިގެން ފައިސާގެ ބޭނުމުގައި ކުރެއްވި ކަމެއް ނޫން ކަމަށާއި ރާއްޖެ ޓީވީ އިން މައުލޫމާތު ހޯދުމަށް ގުޅި އިރު އެ މިސްޓޭކް ހެދުނު ގޮތް އޭނާއަށްވެސް ސާފުވެ ވަޑައިގެންފައި ނުވާތީ އެކަން ރަނގަޅަށް ސާފުކޮށް ބައްލަވާފައި ނޫނީ ހަބަރުގައި ނުޖެހުމަށް އެދިވަަޑައިގެންނެވި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޑރ. މުޒުނީ ވިދާޅުވީ އެ މިސްޓޭކް ހެއްދެވުނީ އެއް ނަމެއް ކިޔާ ދެ ޕޭޝަންޓަކު ޖެހިޖެހިގެން ދެރޭ އައުމުން ކަމަށެވެ.
މިސްޓޭކެއް ހެދިދާނެ އެއީމީހުންގެ އަބުރު ކަތިލަންޖެހޭ ވަރުގެ ކަމެއް ނޫން އަވަހައް މާފައް އެދެންޖެހޭ ....
ތިއީ ޑޮކްޓަރުގެ ފަރުވާ ކުޑަކަން. އެއްނަން ކިޔަސް ޢައިޑީ ކާޑް ނަންބަރ ތަފާތުވާނެ. އަދި އެޑްރެސްވެސް. ނަމަކުން ނޫން މީހާ ސާރޗް ކުރާނީ. އައިޑީ ނަންބަރ އިން. ތި މުޒުނީ ތިއީ ވަރަށް ފަރުވާ ކުޑަ ޑޮކްޓަރެއް. މަވެސް ކަކުލުގަ ރިއްސާތީ ތީ މުޒުނީ އަށް ދެއްކީމަ ވެފަ ހުރި ގޮތް ބަލާވެސް ނުލާ ރަތްކޮތަޅެއްގެ ބޭސް ދިނީ. އޭގެ ތެރޭ ތަޑުކަނޑުވާ ބޭސްވެސް ހުރި. ތަދުކަނޑުވާ ބޭސް ކައިގެން މަކިރިޔާ މަރުނުވީ ގޭސްޓްރިކް ވެގެން.