ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑު މެންބަރުކަމަށް އައްޔަންކޮށްފިއެވެ.

ސްޓެލްކޯގެ ބޯޑު މެންބަރުކަމަށް ސާޖިދާ އައްޔަން ކުރުމުން އޭނާއަށް މަރުހަބާކިޔާ ސްޓެލްކޯ އިން މިއަދު ވަނީ 'އެކްސް' ގައި ޕޯސްޓެއްކޮށްފައެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން ސާޖިދާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ މެއި 27، ވަނަ ދުވަހުގައެވެ. ސާޖިދާ ބޯޑަށް އައްޔަން ކޮށްފައިވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

މީގެއިތުރުން، ސްޓެލްކޯޣެ ވެބްސައިޓުގައި ސާޖިދާގެ ކުރު ވަނަވަރެއް ވަނީ ހިއްސާކޮށްފައެވެ. ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ކޮވެންޓަރީ ޔުނިވާސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޓިވް ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ އަދި އެ ގައުމުގެ ހާޓްފަޑްޝާ ޔުނިވަސިޓީން އެކައުންޓިން ދާއިރާއިން ބީއޭ އެއްވެސް ހާސިލް ކުރައްވާފައެވެ.