ކަރަންޓު ބިލްތަކާ ގުޅިގެން ސްޓެލްކޯ އަށް މިހާތަނަށް 6794 ޝަކުވާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔެއްގެ ޝަކުވާ އާއި ފާޑުކިޔުން އަމާޒުވެފައިވާއިރު ސްޓެލްކޯ އިން ވަނީ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް ނަންބަރު 7788438 އަށް ނުވަތަ ސްޓެލްކޯގެ ވަޓްސަޕް، ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ

ސްޓެލްކޯ އިން މިހެން ބުނެފައިވާއިރު މިއަދު ކުންފުނިން ބުނީ މިހާތަނަށް ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް އެކުންފުންޏަށް ޝަކުވާގެ ގޮތުގައި 659 ފޯނުކޯލު ލިބިފައިވާ ކަމަށެވެ. އަދި މިހުރިހާ ކޯލަކަށްވެސް ޖަވާބުދެވިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ އެ ކުންފުންޏަށް 6135 ޝަކުވާ ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ލިބިފައިވާކަމަށެވެ. އަދި ކުރިންވެސް ހާމަކޮށްފައިވާ ގޮތުން ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ ޖަވާބުދާރީވުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިކަމާއި ގުޅިގެން ސްޓެލްކޯ ކައިރީގައިވެސް ވަނި ސުލްހަވެރި އިހްތިޖާޖެއް ކޮށްފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނީ ކަރަންޓު ބިލު ބޮޑު ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ.