ލ. ކައްދޫގެ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުން މޫދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އެއްގެ ތެރެއިން މިޔަރެއް ހަމަލާދިން ޒުވާނާ މަރުވެއްޖެއެވެ.

މި ހާދިސާ މިއަދު ހިނގާފައި ވާއިރު މި ހާދިސާގައި މަރުވެފައި ވަނީ ރ. އުނގޫފާރު، ނިއު ލައިފް، މުހައްމަދު ޒައިދާން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިޔަރު ހަމަލާ ދީފައިވަނީ އޭނާގެ ފަލަމަސްގަނޑަށެވެ.

މި ހާދިސާއާއި ގުޅިގެން ކަމާބެހޭ ފަރާތެއްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.