12 ރަށަކާއި ފަސް ފަޅެއްގައި ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުއްޔަށް ދޫކުރުމަށް ކަނޑައެޅުމަށް ބޭނުންވާ ރަށްތަކާއި ފަޅުތަކުގެ ދަށުން ޖުމްލަ 17 ތަނެއް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ ކަމަށެވެ.
އެންމެ ބޮޑު އަގެއްގައި ދޫކޮށްލަން ނިންމާފައި އޮތީ ކ އަތޮޅުގެ ހިމިއްޔާ ފަޅުގެ ބަޔެކެވެ. 712 ހެކްޓަރުގެ އެ ފަޅުން ބައެއް ދޫކުރަން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.
އޭގެ އިތުރުން ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ތަފްސީލަކީ:
- ށ. ކުޑަޅައިމެންދޫ (13.11 ހެކްޓަރު) - 1.96 މިލިއަން ޑޮލަރަށް
- ލ. ހަންހުނި (2.81 ހެކްޓަރު) - 421،000 ޑޮލަރު
- ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު) - 1.8 މިލިއަން ޑޮލަރަށް
- ޅ. ވިހަފަރުފިނޮޅު (0.28 ހެކްޓަރު - 640،000 ޑޮލަރަށް
- ކ. އަތޮޅު ފަޅެއް (46 ހެކްޓަރު) - 10.99 މިލިއަން ޑޮލަރަށް
- އަލިކޮއިރަށް (1.47 ހެކްޓަރު - 1.29 މިލިއަން ޑޮލަރަށް
- ރ. ދިއްކުރެއްދޫ (4.83 ހެކްޓަރު) - 2.62 މިލިއަން ޑޮލަރަށް
- ވ. އަތޮޅު ފަޅެއް (0.62 ހެކްޓަރު) - 729،000 ޑޮލަރަށް
- ތ. ގާލީ ފަޅު އެތަނުގައި އޮތް ރަށާއެކު (7.16 ހެކްޓަރު) - 2.04 މިލިއަން ޑޮލަރު
- ތ. ރުއްތިބިރަށް (8.41 ހެކްޓަރު) - 2.35 މިލިއަން ޑޮލަރު
- ލ. ބޮޑުމުންޏަފުށި (3.14 ހެކްޓަރު) - 471،000 ޑޮލަރު
- ތ. ކަނިމީދޫ (10 ހެކްޓަރު) - 2.75 މިލިއަން ޑޮލަރު
- ލ. ކާށިދޫ (3.11 ހެކްޓަރު) - 466،500 ޑޮލަރު
- ޅ. ދިއްފުށި އަދި ޅ. މައިދޫ (20.99+15.17 ހެކްޓަރު) - 18.58 މިލިއަން ޑޮލަރަށް
- ގދ. ކަޅުހުއްޓާ (7.61 ހެކްޓަރު) - 951،250 ޑޮލަރު
- ގއ. ބޭރުމައުޑޫ (3.08 ހެކްޓަރު) - 385،000 ޑޮލަރު
މި ރަށްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކަމުގެ މައުލޫމާތު، ޓޫރިޒަމް މިނިސްޓްރީއަށް މެއިލްގެ ޒަރިއްޔާއިން އޮޅުންފިލުވުމަށް އިއުލާނުގައި ބުނެފައިވެ އެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ވަނީ ރަށްތަކާއި، ފަޅުތައް ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފަ އެވެ.