މާދަމާ އެސްޓީއޯގެ ފާމަސީތަކުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ފާމަސީތަކުގެ ހިދުމަތް މެދުކަނޑާލަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށް ކަމަށެވެ.

ފާމަސީތަކުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސް އެތެރެ ކުރާ ކުންފުންޏެކެވެ. އަދި އެސްޓީއޯއިން ދަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ފާމަސީގެ ހިދުމަތް ދެމުންނެވެ.

އެސްޓީއޯއަކީ ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ އެސްޓީއޯގެ ސަބަބުން، އާންމުންގެ ދިރިއުޅުމަށް ވަނީ ލުއި ފަސޭހަތަކެއް ލިބިދީފައެވެ.