ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހެންވޭރު ބުރެވި މަގުގައި ހުރި ހަމަރޯޅި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 16:35 އެހާއިރު ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށާއި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވެއެވެ.