ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ވެފައި ވުމާއެކު، އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑު ތަނުން ހެޔޮކޮށްފިއެވެ.

އެސް.ޓީ.އޯ އިން އަގަށް ގެނައި މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެއެވެ. އެސްޓިއޯ އިން ބުނީ މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން މެއި 27، 2024 އިން ފެށިގެން ތެޔޮ ލިބެން ހުންނާނެ އަގުތަކަކީ:

- ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާ އަށް (ކުރިން ވިއްކި އަގު 14.33)

- ޑީސަލް ލީޓަރެއް 13.92 ރުފިޔާ އަށް ( ކުރިން ވިއްކި އަގު 14.62)

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެސްޓިއޯ އިން ވަނީ ދީފައެވެ.