ފަތުރުވެރިކަމުގެ ބޮޑު ފެއާއެއް ކަމަށްވާ އައިޓީބީ ޗައިނާ ފެއާގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

މި ކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ، މިފަދަ ބޮޑު ފެއާއެއްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ވެގެން ދިޔުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އަދި މިފެއާގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ ބައިނަލްއަގްވާމީ ދާއިރާއިން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދީ ޗައިނާގެ ޓްރެވަލް ނެޓްވޯކާ ގުޅުން ބަދަހިކޮށް ފަތުރުވެރި ކަމަށް އިތުރު ކުރިއެރުން ހޯދައިދިނުން ކަމަށް މޯލްޑިވްސް މާކެޓިންގް ކޯޕަރޭޝަން ޕީއާރް (އެމްއެމްޕީއާރްސީި) އިން ބުނެއެވެ.

މި އަހަރު އައިޓީބީ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރު ގައެވެ.

ހުސްވި އަހަރުވެސް ރާއްޖެއިން ވަނީ އައިޓީބީ ފެއާގައި ބައިވެރިވެފައެވެ. ޖަރުމަންގެ ބާލިންގައި މިދިޔަ އަަހަރުގެ 7 މާޗް އިން 8 މާޗްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއާގައި ބައިވެރިވެ ރާއްޖޭގެ ރީތިކަން ބޭރުގެ ދުނިޔެއަށް ވަނީ އިސްތިހާރު ކޮށްފައެވެ.