ބައެއް ކުންފުނިތަކުން ސައްހް ނޫން ލިއެކިއުންތައް ހުށަހަޅައިގެން މީހުން އެތެރެކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެން ތަމްރީން ލިބިފައި ނުވާ ބަންގްލަދޭޝް މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ހުއްޓާލިތާ މިހާރު މަހެއްހާ ދުވަސް ވެފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ ސައްހަ ނުން ލިޔެކިއުންތައް ހުށަހަޅައިގެން މީހުން އެތެރެކުރާ މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ފެންމަތިވުމާ ގުޅިގެން ކޯޓާ ދޫކުރުން ހުއްޓާލިތާ އެއް މަސްވެފައި ވާކަމަށާއި ކޯޓާ އަލުން ދޫކުރަން ފަށާނީ އެތަހުގީގު ނިމުމަށް ފަހު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ ތަމްރީނުލިބިފައި ނުވާ މަސައްކަތެރިން ގެނައުން މަނާ ކުރީ 2019 ވަނަ އަހަރު އެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮންމެ ގައުމަކަށްވެސް 150،000 އަންސްކިލްޑް ލޭބަރުން ގެނައުމަށް ކޯޓާ އޮންނަ ކަމަށާއި، ބަންގްލަދޭޝްގެ އެ ކޯޓާ ހަމަވެފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 5000 މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންކަން ފާހަގަކޮށް އޭރު ސަރުކާރުން ވަނީ އެފަދަ މީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގާފައެވެ.
ބަންގްލަދޭޝްގެ ތަމްރީނު ލިބިފައި ނުވާ މަސައްކަތް ތެރިން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ 4 އަހަރު ފަހުން އެ ހުއްދަ އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ. އަދި ރާއްޖޭގައި އޭރު ތިބީ ބަންގްލަދޭޝްގެ 90624 މަސައްކަތްތެރިންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
ބަނގުލަދޭސް މަސައްކަތް ތެރިންގެ ކަންތައް ގޯހުން ގޯހައް ގޮސްފަވާ ދަޑިވަޅެއްގަ ހުއްދަ ދިނީވެސް ވަކިބަޔަކައް ނާޖާއިޒު ފައިފާއެއް ހޯދަދޭން ކަމައް ބެލެވެނީ ބާރެއްލިބޭއިރަށް ކޮންމެ މީހަކައް މިއޮއްވާ ގޮތެއް ދޯ ހީވަނީ އެހެންމީހުނައް ނޭގޭނެ ކަމައް ތީއެންމެނައް އެނގޭ ބޮޑު ސިއްރެއް