ދެކުނު އެފްރިކާގައި ރަންހޯދުމުގެ މަސައްކަތް ކުރާ ކުންފުނިތަކުން މައިންތައް ކޮނެ ހަދަމުން ދާ އިރު ނަގާ އެއްކައިރި ކުރަމުންދާ ފަސްތަކުގައި 420 ޓަނުގެ ރަން ނުވަތަ 42 ބިލިއަން އެމެރިކާ ޑޮލަރުގެ ރަން ހުރި ކަމަށް ރިސާޗަރަކު ހޯދައިފިއެވެ.
ކުޑައިރުއްދުރެ ފެށިގެން ކިޔެވުމުގެ ތެރެއިން މައިން ފީލްޑްތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއެކު މަސައްކަތް ކުރަމުން ދިޔަ އުމުރުން 26 އަހަރުގެ ރިސާޗަރު ހެދި ދިރާސާއަކުން ހާމަ ވީ ރަން ހޯދުމަށް ކޮނެ ނަގާ ފަސްގަނޑުގައި ވެއްޔާ އެކުވެ ވެލީގެ ގޮތުގައި ވަޅުލެވިފައި ވާ ރަނުގެ އަދަދު މައިންތަނުން ފެންނަ ރަނުގެ އަދަދަށް ވުރެ މާ ގިނަ ކަމަށެވެ.
ޖެހޭ ވަޔާއެކު ވެ އޮރެންޖް ކުލައިގެ ހިރަފުހުން މީހާގެ ބޮލާއި ލައިގެން ހުންނަ ހެދުމާއި އަދި ނޭވާލާ ހަދާއިރު ކަރުތެރެއަށް ވެސް ގޮސްފައި ހުންނަނީ އެ ރަނުގެ ތާސީރު ކަން މިހާރު އެނގިފައި ވާ އިރު، ރަން ކުލައިގެ ބޮޑެތި ފަސްފުނިތަކެއް މާ ދުރަށް ފެތުރިފައި އޮތް މައިންތަކުގެ ސަރަހައްދުގެ އެ ފަސްފުނިތަކުގައި ހުރީ 'ފޮރުވިފައި ވާ ރަން' ކަމަށް އޭނާ ބުނެއެވެ.
އޭނާ ހެދި ދިރާސާއިން ދައްކާ ގޮތުން ރަން ހޯދުމަށް މަސައްކަތް ކުރާ ފުންފުނިތަކަށް އާންމުކޮށް ނެގެނީ 30 ޕަސެންޓް ރަނެވެ. އެއީ ގަނޑުގަނޑަށް ހުންނަ ރަނެވެ. ބާކީ ބަޔަކީ ރަން ހޯދުމަށް މައިންތައް ކޮންނަމުން ދާ އިރު މެޝިނުން ހިމުން ކުރަމުން ދުރައް ފުނިޖަހަމުންދާ ފަސްފުނިތަކުގައި ވެއްޔާ އެކުވެ ހުންނަ ރަނެވެ.
މި ފަސްފުނިތަކުގެ ސައިޒާއި ތަން އެކުލެވޭ މިންވަރަށް ބަލާއިރު އެއީ މައިންތަކުން ނެގޭ 30 ޕަސެންޓަށް ވުރެ މާ ގިނަ އަދަދެއް ކަމަށާއި ފަސްފުނިތަކުން ރަން ވެލި ތައް ސާފުކޮށް އެއްކޮށްލެވިއްޖެ ނަމަ އެއީ މާ ބޮޑު އާމްދަނީއެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މައިން ކޮނެ ހޯދާ ބަލައި ދިރާސާ ކުރުމުގެ ދާއިރާއިން ޑިގްރި ހާސިލް ކުރަމުންދާ އެ ޒުވާނާގެ މި ހޯދުމާއެކު އޭނާ އަށް ވަނީ އެ ދާއިރާއިން ޕީއެޗްޑީ ގެ ޝަރަފު ދީފައެވެ. އަދި އޭނާގެ ދިރާސާގެ މައްޗަށް ބިނާކޮށް ވެލިފުނިތަކުން ރަން ވަކިކުރުމުގެ މަސައްކަތަށް އިންވެސްޓް ކުރަން އެފްރިކާ، އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި ޖަރުމަނުގެ ކުންފުނިތަކުން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ސްޓީވް ޗިންގްވަރޫ ނަމަކަށް ކިޔާ މި ޒުވާނާއަށް އެގައުމުތަކުގެ ކުންފުނިތަކުން މިހާރު ވަޒީފާ ހުށަހަޅާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.