ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު 27 އަހަރަށް ޖަލަށްލައިފިއެވެ.

އެ މައްސަލާގައި ކޯޓުން ހުކުމް ކޮށްފައިވަނީ ތ.މަޑިފުށި، ދޮންވެލި ހުސައިން ޝަރޫންގެ މައްޗަށެވެ.

މަޑިފުށި ކޯޓުން ޝަރޫން ޖަލަށްލާން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަޑިފުށި ޕޮލިސް ސްޓޭޝަނުން ބުނީ މި ދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ވަގުތެއްގައި އެ ރަށު ދޮންވެލި، ހުސައިން ޝަރޫން މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލާފާސްކޮށް އޭނަ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގެ ޝަރޫންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މިއަދު މަޑިފުށި ކޯޓުންނެވެ،