ތ. މަޑިފުށީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ މަރުވި މައްސަަލައިގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކަށް ފުލުހުން ޖަވާބުދީފިއެވެ.

މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާއިރު މި މައްސަލައިގައި ތުހުމަތުކުރެވޭ 65 އަހަރުގެ މީހާ ވަނީ އަމިއްލައަށް މަރުވެފައެވެ.

މި މައްސަލައިގައި ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ އަންހެންމީހާއަށް ތުހުމަތުކޮށް އެ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު މި މި މައްސަލައާ ގުޅިގެން މަޑިފުށީގެ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާވެސްކޮށްފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވާގަނޑެއް ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނުމުންވެސް އަޅާނުލިކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

މިފާޑުކިޔުންތަކާއި ގުޅިގެން ފުލުހުން ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވާގަނޑެއް ހިފައިގެން އުޅޭކަމަށް ލިބުނު ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ. އަދި އެމީހާ އާއި ވާހަކަދައްކާ މައުލޫމާތު ސާފުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އެ ވަގުތު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދީފާނެ ކަމުގެ އެއްވެސް ނިޝާނެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.