ގާޒާ ވަށައިގެން ބަންދުކޮށް ދިރި ހުރުމުން ރައްޔިތުން މަހުރޫމް ކުރަމުން އިޒްރޭލުން ހިންގާ އުދުވާނު އާ ހަރުފަތަކަށް ހިނގައްޖެއެވެ. ހައްދުފަހަނައަޅާފައި ވާ ކަނާއަތު ފިޔައިގެ ޖަމާއަތްތަކުން ގާޒާ އާއި އިޒްރޭލް އަދި އުރުދުން ގުޅޭ ދޮރާށިތަކަށް އެއްވެ އެހީގެ ޓްރަކުތައް ހުއްޓުވައި ދަނީ ލޫޓުވަމުންނެވެ.
މީގެ އިތުރުން އެ ޓްރަކްތަކުގައި ހުންނަ ކާއެއްޗެހި ނަގާ ބިންމައްޗަށް އުކާ އެތަކެތީގެ މައްޗަށް އަރާ ހަލާލުކޮށް ތަޣައްޔަރު ކުރުމުން ނުފުދިގެން ޓްރަކު ތަކުގައި ހުޅުޖަހާ ރޯކުރަމުން ވެސް އެބަގެންދެއެވެ.
މި އަމަލު ހިންގަނީ ކަމާއަތުފިޔައިގެ ޓީޒަވް 9 އެއް ކިޔާ ޖަމާއަތަކުންނެވެ. އެޖަމާއަތުން ބުނާގޮތުގައި ހަމާސްގެ އަތް ދަށުގައި އިޒްރޭލުގެ އެންމެ ރަހީނަކު ހުރިހާ ހިނދަކުވެސް ގާޒާއަށް ކާއެއްޗެއް ލިބިގެން ވެސް އަދި ދީގެންވެސް ނުވާނެއެވެ. ނަމަވެސް ހަމަނުޖެހުން ހިންގާ ކާބޯތަކެތި ހަލާކު ކުރީ އެ ޖަމާއަތުން ގަބޫލުކުރާ ހަމަތަކުން ބޭރުން ކަމަށް ބުނެ ރެކިގެންފައި ވެއެވެ.
މި މައްސަލައިގައި އެމެރިކާގެ ވައިޓްހައުސް އިން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކުރަމުން އެ މައްސަލަ އިޒްރޭލުގެ އެންމެ މައްޗަށް ގެންދާނެ ކަމަށް ބުނެފައި ވެއެވެ.
އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި އެޖާމާއަތުން ކާބޯތަކެތި ހަލާކުކޮށް ސުންނާފަތި ކޮށް ލޫޓުވާ ހަދަނީ ގާޒާއަށް އެއްވެސް އެހީއެއް ވަނަ ނުދީ ދެކޮޅު ހަދުމުގެ ގޮތުންނެވެ. އެ ޖަމާއަތުގެ މީހަކާ ހަވާލާދީ އޭފްޕީން ބުނީ, ހަމާސްގެ އަތް ދަށުގައި ހުރި ރަހީނުންގެ ތެރެއިން އެންމެ ފަހު މީހާ ފުރިހަމަ ސިއްހަތުގައި މިނިވަން ނުކުރަނީސް އެއްވެސް އެއްޗެއް ގާޒާ އަށް ވެއްދިޔަކަ ނުދޭނެއެވެ.
މިހާދިސާ އާ ގުޅިގެން އިޒްރޭލު ސިފައިން އެތަނުން 4 މީހަކު ހައްޔަރު ކުރިއެވެ.
ގާޒާ އަށް ކާބޯތަކެތި ވެއްދިޔަ ނުދީ މިއީ ހުއްޓުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ދޮރާށިތަކުން ވަންނަމުން ދިޔަ ވެހިކަލްތައް ހުއްޓުވައި ލޫޓުވާ ހަދާފައި ވާ އިރު އިޒްރޭލު ސިފައިން ވެސް ގެންދަނީ އެހީގެ ތަކެތި ގާޒާއަށް ވެއްދިޔަ ނުދީ އެކިއެކި ބަހަނާ ދައްކާ ލަސް ކޮށް އަދި ހުއްޓުވަމުންނެވެ. މިހާރުވެސް ބޯޑަރުގައި އެތައް ސަތޭކަ ޓްރަކެއް ބަރާކޮށް އޮތް ނަމަވެސް އިޒްރޭލު ސިފައިން ހިންގާ ޗެކް ކުރުމުގެ ޕްރޮސެސް ނުނިމިގެން ނުވެއްދި އެބަހުއްޓެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތި ނުލިބި ބަނޑަށް ޖެހިފައި ތިބި 700,000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ގާޒާގައި އެބަތިއްބެވެ. އަދި ރަނގަޅު ކާނާ ނުލިބި ހިކި އަނަރޫފަވެގެން ގޮސް މިހާތަނަށް 40 ކުއްޖަކު މަރުވެފައި ވެސް ވެއެވެ.
އިޒްރޭލުގެ މި ގަތުލުއާންމު ހުއްޓުމެއް ނެތި ކުރިއަށް ދާއިރު އަމާންކަން ހޯދަން ރަފާ އަށް ވަދެތިބި 1.4 މިލިއަން މީހުން ފަހާ ނެރެ އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ފޮނުވާލުމުގެ މަސައްކަތް އިޒްރޭލުން ގެންދަނީ ކުރަމުންނެވެ. އެއާއެކު ގާޒާގެ އުތުރާއި ދެކުނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށް އެތައް ބަޔަކު ވަނީ މިއަދުވެސް ޝަހީދު ކޮށްލާފައެވެ.