އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކަށް އެތުލީޓަކަށް ފާތިމަތު ދީމާ އަލީ ވެއްޖެއެވެ.

ދީމާ ވަނީ މިއާއެކު، މި އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ ދެކުނު އޭޝިއާގެ އޮލިމްޕިކްސް އިން ޖާގަ ހޯދާ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

ދެކުނު އޭޝިއާގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ދީމާ ކާމިޔާބު ކޮށްފައިވަނީ ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް 4-1 ގެ ނަތީޖާ އަކުންނެވެ. މީގެއިތުރުން ދީމާ ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް ބިމަންދީގެ މައްޗަށް 4-3 ގެ ނަތީޖާ އަކުން ކުރި ހޯދާފައެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 ންނެވެ. ލަންކާގެ އެއްވަނަ ކުޅުންތެރިޔާ ބިމަންދީ ދެވަނަ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ އެ ގޭމްގައި ކުރީ ހޯދީ 11-8 ންނެވެ. ނަމަވެސް ދެ ވަނަ ސެޓުގައި ލަންކާގެ ބަންދަރާ ވަނީ 11-7 އިން ދީމާ ބަލިކޮށްފައެވެ. ތިންވަނަ ސެޓުގައި ވާދަވެރިކޮށް ގޭމް ދިޔަ އިރު މި ސެޓު ދީމާ ކާމިޔާބު ކުރީ 11-13 ގެ ނަތީޖާ އަކުންނެވެ.

ދެކުނު އޭޝިއާގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ބާއްވާފައިވަނީ ނޭޕާލްގައެވެ. މިއަދުގެ ފައިނަލް މެޗު ކުޅެފައިވަނީ ކަތަމަންޑޫގެ ޓޭބަލް ޓެނިސް ސެންޓަރުގައެވެ.

ކޮލިފިކޭޝަނުގައި އިންޑިއާ ފިޔަވައި، ސަރަހައްދުގެ ހުރިހާ ގައުމަކުން ބައިވެރިވިއެވެ. މި ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ބައިވެރިވި އެވެ. އެއީ ދީމާގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަހްޔާރް އަހުމަދު ހާލިދުއެވެ.