ހުޅުމާލޭގައި މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 8 ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގި މި އޮޕަރޭޝަންގައި ހަތް ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމަކު އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނާއި އެ މީހުންނަށް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އެކަމަކު އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.