މާލެއިން މުދާ އުފުލައިގެން ގދ. ފަރެސްމާތޮޑާއަށް ފުރައިގެން ދަނިކޮށް ރޭ ފަރަށް އެރި ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން ގދ. ފަރެސްމާތޮޑާއަށް ފުރައިގެން ދިޔަ މުދާ އުފުލާ "ރޯޝަނީ" ކިޔާ ބޯޓެއް ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ ބޯޓުގައި އެވަގުތު 16 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، .އަދި ވެސް އެ ބޯޓު ފުން ނުކުރެވޭ ކަމަށާއި އެ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ. ބޮޑު ދިޔައިގައި ކަފުޖަހާނެ ބޯޓެއް އެ ސަރަހައްދަށް އައުމާ އެކު އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެ ބޯޓު ފުން ކުރުމަށް އެ ސަރަހައްދަށް ބޯޓެއް އައުމާއެކު ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ޑައިވަރުންނާއެކު ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.