މ. ދިއްގަރުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މ. އަތޮޅު ރިސޯޓެއްގައި އަޅާފައި އޮތް ލޯންޗެއް ވަގަށް ނަގައިގެން ލޯބިވެރިޔާއާ ބައްދަލުކުރަން މާލެ އަތުވެއްޖެއެވެ.

ދިއްގަރު މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި މި ކުއްޖާ މާލެ އައީ އެ ކުއްޖާ މަންމަގެ ފޯނުގެ އިތުރުން އައިޑީ ކާޑާއި، ބައެއް އަންނައުނުވެސް ހިފައިންނެވެ. މިކަމާ ގުޅިގެން ދިއްގަރުގެ ކައުންސިލު މެމްބަރަކު ވިދާޅުވީ އޭނާ ފިލައިގެން ގޮސްފައިވަނީ މިއަދު ހެނދުނު ކަމަށާއި ލޯންޗު ބަނދަރުގައި ނެތިގެން އޭގެ ފަޅުވެރިން ރިޕޯޓުކުރި ފަހުން، ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް އެ ކުއްޖާގެ އާއިލާއިން ހެނދުނު ރިޕޯޓު ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ، ކުއްޖާ މާލެއަށް ދިޔަކަށް އެނގެނީ ބައެއް މީހުންނަން މާލޭން އެ ކުއްޖާ ފެނިފައިވާތީ ކަމަށެވެ. އަދި، އެ ކުއްޖާ ދުއްވި ލޯންޗު ވެސް މިހާރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން އެންމެ ފުރަތަމަ ބެލީ ކުއްޖާ ފެނޭތޯ. އެ ކުއްޖާ ހޯދުމަށް ރައްޔިތުން އެއްކޮށް ގުރޫޕުތަކަށް ބަހާލިތަނާ މީހަކު އައިސް ބުނެފި ލޯންޗު ފެނިއްޖެއޭ ހުޅުމާލޭ ފެރީ ޓާމިނަލުން. އެއިން އެ ކުއްޖާ ފޭބިތަން ވެސް ފެނުނޭ،
ކައުންސިލް މެމްބަރު

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހެއް ކަމުން ލޯންޗުފަހަރު ދުއްވަން އެ ކުއްޖާ ވެސް ފަރިތައެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.