ތުރުކީގެ އަސްކަރީ މަނަވަރެއް، އެކުވެރިކަމުގެ ދަތުރެއްގައި ރާއްޖޭގައި ބަނދަރުކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނި ގޮތުގައި މި މަނަވަރު ބަނދަރުކޮށްފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. ތުރުކީގެ ނޭވަލް ޝިޕް ޓީސީޖީ ކިނާލިއާޑާ ރާއްޖެއަށް އައުމުން އެމްއެންޑީއެފްއިން ހޫނު މަރުހަބާއެއް އެމްއެންޑީއެފް އިން ވަނީ ކިޔާފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ދަތުރުގެ ތެރެއިން ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަމަށެވެ. އެހެންނަމަވެސް މި ދަތުރާ ގުޅޭ އިތުރު މާ ބޮޑު ތަފްސީލެއް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ސިރުކާރުން ތުރުކީ އާއި އެކު ހާރިޖީ އަދި އަސްކަރީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނައިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ފަހަރެއްގެ މަތިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުއާން އާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ތުރުކީއަށެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ ތުރުކީގެ ބައިކާރު ކުންފުނިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯންތަކެއް ވެސް ގަނެފައެވެ.