ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 15:47 އެހާއިރު ކަމަށާއި އެ ވަގުތު ސިފައިން އެ ސަރަހައްދަށް ދިޔަ އިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

މަތީގައި އިން ފަންކާއެއް ކަރަންޓް ޝޯޓެއް ވެ ތިރީގައި އޮތް ގޮދަޑީގައި ހުޅު ހިފާ ހިނގި އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައިލޫމާތު ދީފައެވެ.

އެކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް އޮތޯރިޓީ (އެންޑީއެމްްއޭ)އިން ބުނީ މިއަދު ހިނގި މި ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާތީ އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.