ފީފާއިން އެފްއޭއެމް އަށް ދިން 12 މިލިއަން ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާގެ އަމިއްލަ ބޭނުން ތަކަށް ބޭނުން ކޮށްފައި ވާކަމަށް ޕީޖީން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ފީފާއިން 12 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދިނުމުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޑޮލަރު މާރު ކުރުމުގެ ނަމުގައި ޖަމާކުރީ ބައްސާމްގެ އެކައުންޓަށް ކަމަށާއި ނަމަވެސް އެއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައި ނެތް ކަމަށެވެ.
އެ ފައިސާ ބޭނުން ކޮށްގެން ބައްސާމް މުދާ ގަނެ އޭނާގެ ވިޔަފާރި އަށް ހަރަދު ކޮށް އާއިލާގެ ހަރަދުތަކާއި ބޭރު ދަތުރުތަކަށް ވެސް ހަރަދު ކުރުމުން ދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މީގެއިތުރުން ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތުވެސް އޮތް މީހެއް ކަމަށާއި އެ މައްސަލަވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ވަނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް ވަނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން އެފްއޭއެމް އަށް ދިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކުރި ކަމުގެ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
އެ އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް، ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ދައުލަތުން ވައްކަން ކުރީމާ އަތްކަނޑަންވީ ......... ޤަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ ޢުމަރު ....ކެރޭނެ...ކުރާނެ....އެ ހިތްވަރު ހުންނާނެ.