އެނދުގައި ހަމަޖެހިލުމަށްފަހު ސީލިންގް ގައިވާ ފަންކާއަށް ބަލަން އޮތް ކަޔާނުގެ ސިކުނޑީގައި އަލީނާގެ ހަނދާންތައް ދައުރުވާން ފެށިއެވެ. ކުއްލިއަކަށް ވާހަކަ ފޮތް މަތިން ހަނދާން ވުމުން ހެޑް ބޯޑް މަތީގައި އޮތް ވާހަކަ ފޮތް ނަގާ ކަޔާން ފާހަގަ ކުރި ޞަފްހާ ހުޅުވާލިއެވެ.
*** *** *** *** *** ***
ރަނާ ދަޅުގައި ހިފައި ތުން ޖަހާ އެންމެ ކުރިން ހުސްކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ދަޅުން ތުންފަތް ނައްޓާލިއިރު ޝިފާނާއި ޝައިބާން، އެމީހުންގެ ދަޅު ހުސްކޮށްލައިގެން ރަނާއަށް ބަލަން ތިއްބެވެ. "އޯހް... ރަނާ ދޯ އެންމެ ލަހުން މި ނިމުނީ... ދެން ދުވަހަކުން އެންމެ ކުރިން ރަނާ ދަޅު ހުސް ކުރާނީ...." ރަނާ ހުސްވި ދަޅު ތަޅުންމަތީ ބަހައްޓަމުން ބުނެލިއެވެ. ގުދުވެފައި ތެދުވި އިރު ރަނާގެ ބޮލަށް އުނދަގުލެއް ވާހެން ހީވިއެވެ.
"ޝިފާން.... އަހަރެންގެ ބޯ...." ބޮލުގައި އަތްއަޅައިގެން އިންއިރު ރަނާއަށް ވާނުވާއެއް ނޭނގެއެވެ. ޝިފާންގެ މޫނު ރަނާއާއި ގާތްވަމުން ދިޔަކަން އެނގުނެވެ. ރަނާގެ ލޯމައްޗަށް ފެންނަމުން ދިޔަ މަންޒަރު މަޑުމަޑުން ފުސްވަމުން ދިޔައެވެ. ޝިފާންގެ ދުލުން ބޭރުކުރަމުން ދިޔަ ޖުމްލަތައް ރަނާއަށް ސާފުކޮށް އަޑެއް ނީވެއެވެ. ބައެއްފަހަރު ޝިފާނާއި ޝައިބާންގެ ހުނުމުގެ އަޑު ރަނާއަށް އިވޭހެން ހީވަމުން ދިޔައެވެ. ދެލޮލުން ފުރާ ކަރުނަ އަންނަމުން ދިޔައެވެ. ބޮލުގައި އުފެދެމުން ދިޔަ ތޫނު ތަދާ އެކީ ރަނާގެ ލޯ ބާރަށް މަރާލިއެވެ.
ރަނާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ އެނދެއްގެ މަތީގައެވެ. އެއީ އެފަޅުގޭ ތެރޭގައިވާ ކޮޓަރިއެވެ. ހޫނުކަމެއް އިހްސާސް ވަމުން ދާތީ ރަނާއަށް އެ ކޮޓަރީގެ ކުޑަދޮރާ ދިމަލަށް ބަލާލެވުނެވެ. ކުޑަދޮރުވަނީ ލައްޕާފައެވެ. ސީލިންގްގައިވާ ފަންކާއަށް ކަރަންޓު ނުލިބޭތީ ރަނާ އޮތީ ދާ ހިއްލާ ފޯވެފައެވެ.
ނިއްކުރިމަތީ އުފެދެމުންދިޔަ ތޫނު ތަދުން ނިތްކުރި މައްޗަށް އަތްއުފުލާލަން މަސައްކަތް ކުރިނަމަވެސް އަތަށް މާ ބޮޑު ހަރަކާތެއް ނުގެނެވުނެވެ. ރަނާގެ ހަތަރެސް ފައިވަނީ އެނދާއެކު ބަނދެފައެވެ. ރަނާއަށް އޭނާގެ ހަށިގަނޑަށް ބަލާލެވުނެވެ. ރަނާގެ ހެދުމުގެ އެތަން މިތަން ވަނީ ވީދިފައެވެ. ރަނާގެ ހިތަށް އެތަކެއް ސުވާލުތަކެއް އަރަމުން ދިޔައެވެ. މީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ ޝިފާން ދިޔައީ ކޮންތާކަށް ބާ؟
އަޑުގެ ނެތްތަނަށް ޝިފާންގެ ނަމުން ރަނާ ގޮވާލިއެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ރަނާގެ އަތާއި ފައި އައްސާފައިވާ ވާތަކުން މިންޖުވުމަށް ތެޅިގަތެވެ. ސަލާމަތެއް ނުވެވުނެވެ. ދެއަތާއި ދެފައި ތަޅުވަމުން ތަޅުވަމުން އައްސާފައިވާ ދިމާލުން ހަންމަށައިގެންގޮސް ދިލަނަގަން ފެށިއެވެ. ރަނާގެ ހަރަކާތަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ހިޔަންޏެއް ހެން ކޮޓަރީގެ ދޮރުމަތީގައި މީހަކު ހުއްޓެވެ.
ރަނާ ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔައެވެ. "ތީ ކާކު... އަހަރެންގެ ޝިފާން އައިސް ކަލޭގެ ދުވަސް ދުއްވާލާނެ... އަހަރެން ދޫކޮށްލާ...." ރަނާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް ހުއްޓުނީ ކުރިމަތީ ފެންނަން ހުރި ޒުވާނާ ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކު ކަން ސިފާވާން ފެށުމުންނެވެ.
ވީ އުފަލުން ޝިފާނަށް ގޮވާލެވުނީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. "ޝިފާން އަހަރެންގެ އަތް މޮހެބަލަ... މީ ކާކު ކުރިކަމެއްތަ؟... ޝިފާން ހެލްޕް މީ..."
*** *** *** *** *** ***
ސިއްސައިގެންގޮސް ޒީކަށް އިސް އުފުލާ ބަލާލެވުނީ އިވެމުން އައި ބާރު އަޑުގެ ސަބަބުންނެވެ. ރޭސްކޮށްލާފައި އެހިސާބުން ދުއްވާފައި ދިޔަ ސައިކަލެކެވެ. ޒީކް ޖިންސް ޖީބުގައިވާ ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. އޭރު މެންދަމު ތިނެއް ޖެހީއެވެ. ޒީކަށް ހުރެވުނު ދިމާލަށް ބަލާލެވުނެވެ. އެއީ ކޮންތަނެއްކަން ޒީކަށް އެނގުނީ އަރިމަތީގައިވާ ނަންބޯޑު ކިޔާލުމުންނެވެ. "އެސްއެސް ވެއާރހައުސް"
ޒީކަށް މިހުރެވުނީ ގެއާ ވަރަށް ދުރު ހިސާބެއްގައެވެ. ވިޔަފާރިވެރިންގެ ގުދަންތައް ހުންނަ ހިސާބުގައެވެ. އެ ގުދަނުގެ ދޮރާށި ކައިރީ ހުރި ކުޑަ ސިޑި ބަރި މަތީގައެވެ. ގެއަށް ދާން ވިސްނަމުން ދިޔައިރު އަދިވެސް ޒީކްގެ ހަށިގަނޑުގައި ބަދަލު ހިފުމުގެ ރޫހު އަށަގެންފައިވެއެވެ.
*** *** *** *** *** ***
ޖެހިގެން އައި ދުވަހަށް އިރުއެރުމާއި އެކު ލުޔޫނާ ތެދުވެ ހެނދުނަށް ގޭގައި ރަނގަޅު ސައެއް ތައްޔާރު ކުރުމަށް އުޅެގަތެވެ. ތެލުލި ރިހާކުރާ މަސްހުންޏާ ރޮއްޓެވެ. މޭޒުމައްޗަށް ސައި ތައްޔާރު ކުރުމަށްފަހު ލުޔޫނާ ކޮޓަރިއަށް ދިޔައީ ފެންވަރާލައިގެން ތާޒާވެލާށެވެ. ލުޔޫނު ރީތިވެގެން ކޮޓަރި ކުޑަދޮރު ކައިރީގައި މަޑުކޮށްގެން ހުރީ މީހެއްގެ އިންތިޒާރުގައެވެ. ކުޑަދޮރު ކައިރީގައި ހުރުމަށްފަހު ލުޔޫނާ ކޮޓަރިން ބޭރަށް ދިޔައީ ކުޑަދޮރު ލައްޕާލުމެއް ނެތިއެވެ.
ރޭގަ ރަނގަޅަށް ނުނިދި އޮވެވުމުގެ ސަބަބުން ޝިފާނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ކޮޓަރި ތެރެއަށް އަލިވެ ހޫނުވާތީއެވެ. އޭސީ ރިމޯޓް ނެގާ އޭސީ ޖައްސާލަން ބަލާލިއިރު އޭސީ ހުރީ ޖައްސާފައެވެ. ނަމަވެސް ކޮޓަރީގެ ކުޑަދޮރު ހުރީ ތަންމިނަށް ހުޅުވިފައެވެ. ޝިފާންގެ ސިކުނޑީގައި އެވަގުތު އެނބުރިގަތީ ރޭގައި ދިމާވި ކަންތައްގަނޑެވެ. ބައެއް ފަހަރު އެއީ ވަހުމެކޭ ހުވަފެނެކޭ ހިތަށް އަރައެވެ. ނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓާ ފިހާރަ ދޮށަށް ދާން ތައްޔާރުވުމަށް އަވަސްވެގަތެވެ. ފޯނަށް ބަލާލި އިރު ފިހާރައާ ހަވާލުވެ ހުންނަ މެނޭޖަރ ޖަމްޝީދު ހަ ފަހަރު ޝިފާނަށް ގުޅާފައި އޮތެވެ. ފޯނުން އެ ނަންބަރަށް ރީ ޑައަލް ކޮށްލިއެވެ. ދެބުރަކަށް ރިންގް ވީ ތަނުން ޖަމްޝީދު ފޯނު ނަގައިފިއެވެ. ޖަމްޝީދު ދިން ޚަބަރުން ޝީފާން ގޮތްހުސްވެ ބޮލަށް އެނބުރުން އެރިކަހަލައެވެ.
ފޯނު އެނދު މައްޗަށް ހޫރާލުމަށްފަހު ފާހާނާއަށް ވަދެ ރީތިވެގެން އޮފީހަށް ދިޔުމަށް އަވަސް ވެގަތެވެ. ކޮޓަރިން ބޭރަށް ނުކުތީ ލުޔޫނާ ކާންޖެހޭ ބޭސްތައް ހިފައިގެންނެވެ. ލުޔޫނާ ބޭސް ނުކައި ހުންނާނެކަން ޔަގީން ވީމައެވެ. ސިޑިން ތިރިއަށް ފޭބި އިރު ލުޔޫނާ މީހަކާ ވާހަކަ ދައްކަން ސިޓިންގް ރޫމް ސޯފާގައި އިންތަން ފެނުނެވެ. ކާކޮޓަރިއަށް ވަދެ ސަޔަށް ހަދާފައި ހުރި ސާމާނު ފެނުމުން ޝިފާން ސައިބޯ ހިތް ކެނޑިގެން ދިޔައެވެ. "މީ ކާކަށް މީރުވެގެން ހަދާފަ ހުރި އެއްޗެއްތަ؟..." ޝިފާން ރުޅިވެރިކަމާއި އެކު އެހެންބުނީ އެއީ ދުވަހަކުވެސް އެގޭގައި ނާސްތާ ކުރުމަށް ތައްޔާރުކުރާ ކެއުމަކަށް ނުވާތީއެވެ. ކާގޭތެރޭގައި މެންދުރުގެ ކެއުމަށް އެއްޗެތި ތައްޔާރުކުރަން ހުރި ޝިފާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝިފާނާ ޖަވާބު ދިނެވެ. "ތީ ލުޔޫނާ މިއަދު ތައްޔާރު ކުރި ކެއުމެއް...."
ލުޔޫނާއަށް ދޭން ޖެހޭ ބޭސްތައް ޝިފާނާއަށް ހަވާލު ކުރީ އެވަގުތު މުހިއްމު ފޯނު ކޯލެއް އަންނަން ފެށުމުންނެވެ. ފޯނުގައި ހުރެ ޝިފާން ގެއިން ބޭރަށް ނުކުތުމަށް ހިނގައިގަތީ ލުޔޫނާމެން ކުރިމަތިން ލާފައެވެ. ޖީބުގައިވާ އަވިއައިނު ނަގާ އަޅާލަމުން ގެއިން ނިކުތް އިރު ލުޔޫނާއާއި ދިމާލަށް ބަލާވެސް ނުލާ ނުކުމެގެން ދިޔައީ ފިހާރައިގެ ކަންތައްގަނޑެއްގައި އަވަސް އަރުވާލައިގެން ހުރެއެވެ.
ޝިފާން ގެއިން ނިކުމެގެން ދިޔަ މަންޒަރަށް ބަލަން ޒީކް ހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ. ލުޔޫނާ އެކި ވާހަކަތައް ޒީކާ ހިއްސާ ކުރަމުން ދިޔައީ ރަނާކަމަށް ހީކޮށް އިނދެއެވެ. ހެނދުނުގެ ސަޔަށް އައުމަށް ޒީކަށް ދައުވަތު ދިނުމަށްފަހު ރަނާއަށް އެންމެ މީރު ތަކެތި ލުޔޫނާ ތައްޔާރުކުރީ ރަނާއަށް ހާއްސަ ކެއުމެއްގެ ގޮތުގައެވެ. ސައި ބޮއި ނިމިގެން ވާހަކައިގައިި ދެމީހުން އެހެން ތިބޭތާ ކިތަންމެ އިރެކެވެ. ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭކަން ކަށަވަރެވެ. ލުޔޫނާ ގާތުން ދިޔުމަށް ހުއްދަ ހޯދުމަށްފަހު އެގެއިން ޒީކް ނުކުމެގެން ދިޔައީ ވަރަށް އުފަލުން ހުރެއެވެ.
ޒީކް އެގޭ ދޮރުމަތީގައި ބެހެއްޓި އޭނާގެ ފައިވާނަށް އަރައަރާ ހުއްޓާ އެގެއަށް ވަދެގެން އައި މެދު އުމުރުގެ ފިރިހެނަކު ދިނީ އަންތަރީސް ވާވަރުގެ ޚަބަރެކެވެ. ޝިފާނާ ޝައިބާންމެން ޅަ ދުވަސްވަރު އެކުވެގެން ފެއްޓި ވިޔަފާރި ހަލާކުވި ވާހަކައެވެ. މިލިއަނެއްހާ އަގުހުރި މުދާތަކާއި އެކު ޝިފާންގެ ވެއަރހައުސް އަނދާ އަޅިއަށް ވި ވާހަކައެވެ.
ލުޔޫނާގެ ކަންފަތުގައި މި ޚަބަރު ޖެހުމުން މާ ބޮޑު އަސަރެއް ކުރި ހެނެއް ހިޔެއް ނުވިއެވެ. ޒީކް އެގެއިން ނުކުމެގެން ދިޔުމުން ލުޔޫނާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށް ދިޔުމަށް ސިޑިއާ ދިމާލަށެވެ. ކާކޮޓަރި ތެރޭގައި ހުރި ޝިފާންގެ ކޮއްކޮ ޝިފާނާ ފެންތައްޓަކާއި އެކީ ލުޔޫނާގެ ބޭސްތައް ގެނެސް ދިނެވެ. އެ ބޭސްތައް ކައިގެން ސިޑީގެ ހަރުފަތްތަކުން މައްޗަށް ދިޔުމަށް ލުޔޫނާ ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއި އެކީ ލުޔޫނާގެ ބޮލުގައި އަޅާފައިވާ ބުރުގާ ނެގިއެވެ. އަދި އެނދުގައި އޮށޯވެލުމަށްފަހު ދެ ލޯ މަރާލިއެވެ. ޝިފާނަށް ވަމުންދާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހިތާހިތުން ނިންމުނެވެ. ޝިފާން އެ ވަނީ ރަނާގެ ދިރިއުޅުން ވީރާނާ ކޮށްލާފައެވެ. އެފަދަ ނުބައި ކަމެއް އެމީހުން ކޮށްފާނެ ކަމުގެ ޝައްކެއް އޮތް ނަމަވެސް ލުޔޫނާ އޭނާއަކާ ކައިވެންޏެއް ނުކުރާނެއެވެ.
ލުޔޫނާގެ ގެއިން ނުކުތް ޒީކް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށެވެ. ގެއަށް ވަދެ މަންމައަށް ލުޔޫނާގެ ފިރިމީހާގެ ގުދަނުގައި ރޯވެ އަނދާ އަޅިއަށް ވި ޚަބަރު ޒީކް ދިނެވެ. "ސުބުހާނަ ﷲ...." ފުންމައިގެން ތެދުވެ ސީމާއަށް މިހެން ބުނެވުނީ ލުޔޫނާމެންގެ އާއިލާއަށް މެދުނުކެނޑި ލިބެމުންދާ ގެއްލުންތައް ހިތަށް އަރާފައެވެ. ކޮޓަރިއާއި ދިމާލަށް ސީމާ ހިނގައިގަތީ ބޮލުގައި ބުރުގާ އަޅާށެވެ. އެ ގުދަނާ ބެހޭ ޚަބަރު ދަބަރު ބެލުމަށް ބޭރަށް ދިޔުމަށެވެ.
ސީމާ ގެއިން ނުކުތުމުން ޒީކް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ފޯނަށް ބަލާލިއިރު ތޫބާ ގުޅާފައިވާތަން ފެނުނެވެ. އެހެން ކަމުން ތޫބާގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ފޯނު ރިންގްވީ ފަހުން ތޫބާ ފޯނަށް ޖަވާބުދިނެވެ.
"ހެއި ޕްރިންސަސް ހާދަ ގުޅައިފީމޭ... ކޮންތާކު ތިއުޅެނީ...." ތުބާ އެންމެ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.
"ކަމެއް ނުކުރަން މިއޮތީ... ރޭގަ އެއްގޮތަކަށްވެސް ނުނިދުނު... އެހެންވެ ފިލްމެއް ބަލަން އޮތީ.... ސޯ މިހާރު މި އުޅެނީ ނިދާލަން ކަމަށް..." ޒީކް މިވަގުތު ބޭނުންވަނީ އެކަނިމާ އެކަނި އޮންނާށެވެ. ތޫބާ އެގެއަށް އައިސްދާނެތީ ނިދަން އުޅެނީ ކަމަށް ބުނެ ދޮގު ހެދީއެވެ.
"އޯކޭ... ބަޓް މިރޭ ބޭރަށް ދާން ވާނެ.... ޔޫ ނޯ.. މަޒީން އިޒް ހިއަރ...." ތޫބާގެ ވާހަކަ އަޑުއަހަން ހުރި ޒީކަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ.
"ކީކޭ... ގައިމުވެސް ރޭގަ މަށަށް އޭނާ ގުޅި.... މަ ބުނިން އަވަހަކަށް މާލެ ނުދާނަމޭ.... ލަންކާއަށް ފުރަންވީމައޭ ދަނީ.... ރޭގަ ގައިމުވެސް އޭނަ ހުރީ މާލޭގަ...." ދެބުމަ ގޮށް ޖަހައިގެން އޮވެ ޒީކް ވާހަކަ ދެއްކިއެވެ.
"ޒީކް މިސްވާތީ އައީ ކަންނޭނގެ... މިއަދު ހެނދުނު ފްލައިޓުން އެއައީ.... ވިޝާލާ ދެމީހުން އައިސް ހެނދުނު މިގެއިން ސައި ބުއި... ބުނި މިރޭ މީޓް ކުރަން ހިނގާށޯ.... ސޯ ބީ ރެޑީ... އިނގޭ...." ތޫބާ ފޯނު ކަނޑާލުމުން ޒީކް ފޯނު ދުރުގައި ބާއްވާލުމަށްފަހު ބާލީހުގައި ބާރަށް ބައްދާލިއެވެ. ދެއަތަށް ފުރޮޅެމުން ވިސްނަމުން ދިޔައީ ފަތިހު ކުރެވުނު ކަންތަކާއި މެދުގައެވެ. އެ ގުދަނުގައި އަލިފާން ޖެހުމުން ޒީކަށް ހިތްހަމަޖެހުމެއް ލިބުނެވެ.
އެވަގުތު މުޅި ގެއިން ކަރަންޓު ކެނޑިގެން ދިޔައެވެ. ސީލިންގް ގައި ހަރުކޮށްފައިހުރި ފަންކާގެ ފިޔަތައް ދައުރުވުން މަޑުވަމުންގޮސް މުޅިންހެން ފައްކާ ހުއްޓިއްޖެއެވެ. އިރު މެދުގައި ޖެހިފައިވުމުން އެ ވަގުތަކީ ވަރަށް ހޫނު ގަދަ ގަޑިއެކެވެ. މާ ގިނަ އިރުތަކެއްނުވެ އެ ކޮޓަރިތެރެއަށް ހޫނުވާން ފަށައިފިއެވެ. ހޫނުވާތީ ޒީކް އޭނާގެ ހަށިގަނޑު އެނދުމަތީގައި ދަމާލައިގެން އޮތީ ހޫނުވެ ދާހިއްލަން ބޭނުން ނުވާތީއެވެ. ބައްދައިގެން އޮތް ބާލިސް ދޫކޮށްލާ ދެއަތް ބޯ މަތިން ދެފަރާތަށް ދަމާލައިގެން، އުއްޑުން، ސީލިންގަށް ބަލަހައްޓައިގެން އޮތީއެވެ. ހޫނުވަމުން ދިޔަ ވަރަކަށް ޒީކްގެ ނިތްކުރިމަތިން ދާތިކިތިކި ފާޅުވަމުން ދިޔައެވެ. ޒީކްގެ ސިކުނޑީގައި އެނބުރެންފެށީ މާޒީގެ ހަނދާންތަކެކެވެ.
*** *** *** *** *** ***
ރަނާގެ އަތާއި ފައި އައްސާފައިވާ ވާތަކުން މިންޖުވުމަށް ތެޅިގަތެވެ. ސަލާމަތެއް ނުވެވުނެވެ. ދެއަތާއި ދެފައި ތަޅުވަމުން ތަޅުވަމުން އައްސާފައިވާ ދިމާލުން ހަންމަށައިގެންގޮސް ދިލަނަގަން ފެށިއެވެ. ރަނާގެ ހަރަކާތަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ހިޔަންޏެއް ހެން ކޮޓަރީގެ ދޮރުމަތީގައި މީހަކު ހުއްޓެވެ. ރަނާ ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔައެވެ. "ތީ ކާކު... އަހަރެންގެ ޝިފާން އައިސް ކަލޭގެ ދުވަސް ދުއްވާލާނެ... އަހަރެން ދޫކޮށްލާ...." ރަނާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތައް ހުއްޓުނީ ކުރިމަތީ ފެންނަން ހުރި ޒުވާނާ ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކު ކަން ސިފާވާން ފެށުމުންނެވެ.
ވީ އުފަލުން ޝިފާނަށް ގޮވާލެވުނީ އުންމީދުން ފުރިގެންވާ ގޮތަކަށެވެ. "ޝިފާން އަހަރެންގެ އަތް މޮހެބަލަ... މީ ކާކު ކުރިކަމެއްތަ؟... ޝިފާން ހެލްޕް މީ..."
މަޑުހިނގުމެއްގައި އައިސް ރަނާގެ މަގަތުގައި ޝިފާން އިށީނެވެ. ހޭވިފައިވާ ރަނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ޝިފާންގެ ހަރަކާތްތަކަށް ބަލަން އޮތް ރަނާއަށް ވަމުން މިދަނީ ކިހާވަރެއްގެ ކަމެއް ކަންވެސް ނޭނގެއެވެ. "ޝިފާން.. ޝިފާން..."
ރަނާގެ ދުލުން ޝިފާން އަށް ގޮވަމުން ދިޔަ ދަނޑިވަޅުގައި އެ ބަސްތައް ހުއްޓުމަކަށް އައީ ޝިފާންގެ އިނގިލިތަކުން ރަނާގެ ތުންފަތުގައި ޖައްސާލުމުންނެވެ. "ޝްޝްޝްޝްސްސް... މަޑުން އޮވޭ... ގަދަ ނުހަދާ އޮވެއްޖިއްޔާ ރަނާއަށް ރަނގަޅުވާނީ..."
ގަމީހުގެ ގޮށްތައް ނައްޓަމުން ޝިފާން އެނދުމަތިން ތެދުވެ ރަނާގެ މުޅި ހަށިގަނޑަށް ބަލާލިއެވެ. ބޮލުން ފެށިގެން ފަޔަށް ބަލާލީ ޝައިޠާނީ ފާހިޝް ބެލުމަކުންނެވެ. މަޑުމަޑުން އޭނާގެ ޖީންސްވެސް ބާލައިފިއެވެ. މިވާން އުޅެނީ ކޮންކަމެއްކަން ރަނާއަށް ނަގައިގަނެވުނެވެ. "ޝިފާން.. ޕްލީސް... ތިހެން ނުހަދާ... އަހަރެންނާ ކައިވެނިކުރަން އުޅޭއިރު ދެން މީ ކޮންކަމެއް... ޕްލީސް.. އަހަރެން ދިޔަދީ..." ރަނާގެ އާދޭހުގެ އަޑުތަކަށް ޝިފާން ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އައްސާފައިވާ ރަނާގެ ފައިތިލައިގައި ފިރުމަމުން ޝިފާންގެ އަތް މައްޗަށް ގެންދަން ފެށިއެވެ. ކަކުލާ ހަމައަށް އޭނާގެ އަތްއައުމުން ރަނާއަށް އޭނާގެ ހަރުވާޅު ނެތްކަން އެނގުނެވެ. ރަނާ ހަމައިގައި ނެތިސް އެމީހުން ރަނާގެ ހަރުވާޅުވެސް އެއޮތީ ބާލާފައެވެ.
ޝިފާން ކައިރިވަމުން ދިޔަ ވަރަކަށް ރަނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ދެފައި ކައިރިކޮށް ފިއްތަން ބޭނުންވެ ދެފަޔަށް ބާރުލަމުން ލުކި ޖަހަމުން ދެވުނެވެ. ނަމަވެސް ފައި އައްސާފަހުރިލެއް ބާރުކަމުން ކާމިޔާބެއް ނުވިއެވެ. "ނޫން... ޝިފާން ހެޔޮނުވާނެ... ނޫން..... ނޫން...." އަޑުގެ ނެތްތަނަށް ރަނާ ހަޅޭއްލަވަމުން ދިޔައެވެ. ނަމަވެސް ޝިފާންގެ ތުންފަތް މައްޗަށް ވެރިވަމުން ދިއައީ ނުލަފާ ހިނިތުންވުމެކެވެ.
އެވަގުތު އެ ކޮޓަރިއަށް އައިސް ވަނީ ޝިފާންގެ ރަހްމަތްތެރިޔާ ޝައިބާނެވެ. "ހާދަ އަޑުގަދަ ކޮށްލައިގެން ތި އުޅެނީ...."
ޝައިބާނާ ދިމާލަށް ރަނާއަށް ބަލަހައްޓައިގެން އޮވެވުނީ ސަލާމަތް ކޮށްދިނުމަށް އެދޭ ހާލުގައެވެ. ޝައިބާން ރަނާގެ މޫނާ ކައިރިވެވޭ ހިސާބުގައި ހުއްޓުނެވެ. ގުދުވެ ރަނާގެ ބޮލުގައި ފިރުމާލިއެވެ. ހިފެހެއްޓުމެއްނެތި ރަނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެވަގުތު ޝިފާން ދިޔައީ ރަނާގެ ހެދުން މައްޗަށް އަރުވަމުންނެވެ.
އެމީހުންގެ އެކުޅިގަނޑު ހުއްޓުމަށް އެދި އަޑުން އަޑު ނަގާ ރަނާއަށް ރޮވެން ފެށުނެވެ. އެ ވަގުތު ޝައިބާން އެނދުމަތީގައި އޮތް ރަނާގެ ދޯޕައްޓާ ނެގުމަށްފަހު ރަނާގެ އަގައިގައި ވާންކޮށް އައްސާލިއެވެ. އަނގަ ހުޅުވައިގެން އޮތް ރަނާގެ އަނގައިގެ ދެމިޔަކަނަށް ބާރުވާ ވަރަށް އަައްސާފައިވުމުން އަނގަ ވާޅުވަމުން ދިޔައެވެ. ދެދަތްޕިލަ ފިއްތާލައިގެން އޮވެ ރުއިން ފިޔަވާ އިތުރުކަމެއް ކުރެވޭކަށް ނެތެވެ. ޝިފާން އޭނާގެ ބޭނުން ފުއްދުމަށް ރަނާގެ ހަށިގަނޑު މައްޗަށް ބުޅަލެއްހެން އަރާ އޮތް އިރު ޝައިބާން އެ މަންޒަރު ބަލަން ކެތްނުކުރެވިގެން އައިސް ރަނާގެ ހަށިގަނޑުގައިވާ ހެދުން ވިދާ ގައިގައިވާ ހުރިހާ ހެދުމެއް ގަޔާ ވަކިކޮށްލިއެވެ.
ނުބައި، ނުލަފާ، ޖައްބާރުކަމުން ފުރިގެންވާ އެދެމީހުން އެދުން ފުއްދަމުން ދިޔައިރު ރަނާއަކީ އެކަމަށް ހާއްސަކޮށް އެތަނަށް ގެނެސްފައިވާ ބުދެއް ފަދައެވެ. އެމީހުން ވަރުބަލިވަން ދެން ރަނާގެ ހަށިގަނޑުން އަރާމު ހޯދަމުން ދިޔައިރު ރަނާއަށް އެކަމުން ލިބެމުން ދިޔައީ ވޭނާއި ކެކުޅުމެވެ. ހަޅޭއްލަވާ ލަވާ ކަރުން ހަންދާ ވަރު ވިިއެވެ. ރޮމުން އާދޭސް ކުރަމުން ދިޔައިރު ނޭފަތުންނާއި އަނގައިން ފައިބަމުން ދިޔަ ސޮންޏާއި އަރިދަފުހުން އަގަމަތީ އަޅާފައިވާ ފޮތިގަނޑު ތެމިއްޖެއެވެ. ކަރުތެރެ އެކީ ހިކި އިތުރަށް ހަޅޭއްލަވާނެހާ ވަރު ރަނާގެ ހަށިގަނޑަކު ނެތެވެ.
ގައިގެ އެތަން މިތަނުން ނަގަމުން ދިޔަ ދިލަ ތޫނު ތަދުގެ ވޭން ކެތްނުކުރެވޭހާ ގަދައެވެ. ރަނާ ގަދަ ދައްކާ ވަރަކަށް އެމީހުންގެ ހޫނު ހަމަލާތައް އެހަށިގަނޑަށް އަންނަމުން ދިޔައެވެ. އެމީހުންގެ އިންޒާރުގެ ބަސްތައް ރަނާގެ ކަންފަތުގައި ހޮނު ގުގުރިއެއް ފަދައިން ތަކުރާރު ވަމުން ދިޔައެވެ. އެމީހުންގެ އެދުން ހާސިލް ކުރަން ކޮންމެ ގޮތެއް ހަދަންވެސް ފަސް ނުޖެހޭނެކަން ކަށަވަރު ވިއެވެ.
ފަތިސްވެ އަލިވާން ފެށިއިރުވެސް އެމީހުންގެ މިއަމަލަކަށް ހުއްޓުމެއް ނައެވެ. ނަމަވެސް މިހާރު ރަނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރު އެލި ސަލާމަތްވާން ނުކުޅެދިއްޖެއެވެ. ހަށިގަނޑަށް ހަމަހިމޭންކަން ވެރިވީ ދެން ކުރެވޭނެ އިތުރު ކަމެއް ނެތްކަން އިހްސާސް ވުމުންނެވެ.
އެމީހުންގެ މަސައްކަތް ހުއްޓާލުމަށްފަހު ތަޅުންމަތީ ވެއްޓިފައިވާ ހުދު ބެޑްޝީޓްގަނޑު ރަނާ ހަށިގަނޑާ ދިމާލަށް ހޫރާލުމަށްފަަހު އެދެމީހުން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. އޭރުވެސް ރަނާގެ ދެއަތް ވަނީ އައްސާފައެވެ. ނިވާކަމެއް ނެތް އެ ހަށިގަނޑުވަނީ ދާހިއްލާ ތެމި ފޯވެފައެވެ. ރަނާގެ ފައިގައި އައްސާފައިވާ ވާ މޮހެލާފައި ވުމުން ދެފައި ކައިރިކޮށް ފިއްތާލައިގެ އޮވެ ރުއިން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. އެހެން އޮވެ ރަނާއަށް ކުޑަކަމުދެވުނުކަން އެނގުނީ ރަނާއަށް އެ ހިސާބުގައި ތޫނު، ދިލަ ތަދެއް ވާން ފެށުމުންނެވެ. އެ ޖަނަވާރުންގެ ވިހަ، ތޫނު ވަކިތަކުން ރަނާ އެވަނީ ކޮށާ ކަތިލާފައެވެ.
ދެލޯ މަރައިގެން އޮވެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔާ މި މުސީބާތުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ހަޟްރަތުން ދުއާ ކުރަމުން ދެވުނެވެ. އެވަގުތު ރަނާގެ ކަންފަތުގައި ޖެހުނީ ސީމައްތަގެ އަޑެވެ. އަތިރިމަތީގައި ތިބި ކުދިންތަކެއްގެ ގާތުގައި ރަނާ ދުށިންތޯ އަހާލި އަޑެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއިރު ކުޑަދޮރުން ކޮޓަރި ތެރެއަށް ވަނީ އަލިވެފައެވެ. ރަނާއަށް ސީމާގެ އަޑު ޖެހުމުން އާ ހިތްވަރެއް ލިބުނު ކަހަލައެވެ. އެ ގައިދުހާނާއިން ސަލާމްތަވުމަށް، އައްސާފައިވާ އަތް މޮހެވޭތޯ ތަޅުވަމުން ސީމައްތައަށް ގޮވަމުން ދިޔައެވެ. ނަމަވެސް ރަނާގެ އަޑުވަނީ ކުރަކިވެފައެވެ. ގައިގައި ހުރި ހުރިހާ ވަރެއް ލައިގެން ހަޅޭއްލެވި އިރުވެސް ރަނާގެ ކަރުބުޑުން ނުކުންނަމުން ދިޔައީ ވައި އަޑެވެ. ސީމައްތައަށް ރަނާގެ އަޑު ނީވޭނެކަން އެނގުމުން އެކަމާ ރަނާ އިތުރަށް މާޔޫސް ވިއެވެ. ސަލާމަތްވާން ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.
ވަރުބަލިކަމެއް އިހްސާސްވުމުން ރަނާގެ ދެލޯ މެރިފައިވީ ނަމަވެސް ރަނާއަށް ބާރު އަޑު ފަށްގަނޑެއް އިވުމުން ތަންމިނަށް ދެލޯ ހުޅުވާލެވުނެވެ. މީހުންގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ރަނާއަށް އެ އިވެމުން ދިޔައީ ކޮންއަޑެއްކަން ބަޔާން ކޮށްދޭން އުނދަގުލެވެ. ރަނާއަށް އިވެމުން އެއައި އަޑުތަކަށް ވިސްނަން އޮވެވުނެވެ. ހިތުގައި ނެނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. މިހެން އޮއްވާ ރަނާގެ ހަށިގަޑަށް ފިނިކަމެއް އިހްސާސް ވާން ފެށުމުން ރަނާއަށް ބަލާލެވުނެވެ. އެނދުމަތީގައިވާ ގޮދަޑި ތެމި ފޯވަނީއެވެ. ތަޅުން ގަނޑަށް ބަލާލިއިރު ކޮޓަރީގެ ދޮރުދަށުން އެތެރެއަށް ފެންގަނޑެއް ވަންނަމުން ދިޔައެވެ. ފެނުގައިވަނީ ކިސަޑު ކަމެކެވެ. ރަނާގެ އަތް ތަޅުވަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެ އަތް މުހެވޭ ގޮތެއް ނުވިއެވެ. ފެންގަނޑު ބޮޑުވަމުން ދިޔަވަރަކަށް ރަނާގެ ހިތުގައި ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެނދުމަތީގައި އޮވެ ގެނބެން ބޭނުން ނުވާތީ ރަނާ ބޯ ހިއްލާލައިގެން އޮތީ ފެންގަނޑު ބޮޑުވަމުން ދާތީއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރަނާ އޮތް އެނދުން މައްޗަށް ފެންގަނޑު އެރިއެވެ. އެ ފެނުގައި ލޮނުކަމެއް ހުރުމުން އެއީ މޫދުގެ ލޮނުކަން ރަނާއަށް އެނގުނެވެ. ނޭވާ ހިފަހައްޓައިގެން ދެތުންފަތް ތަތްކޮށް އަނގަލައްޕައިގެން ރަނާ އޮތީ ތަންމިނަށް ދެލޯ ބޮޑުކޮށްގެންނެވެ. މިހެން އޮވެ ރަނާ ގެ ނޭވާ ކުރުވާން ފެށިއެވެ. ނަމަވެސް އޭރު ފެންގަނޑު ހިނދެމުން ދިޔަކަން ރަނާއަށް އެނގުނެވެ. ކުޑަ ހިތްވަރެއް ކޮށްލަން މަސައްކަތް ކުރަމުން ދެއަތް މުއްކަވާލިއެވެ.
ފެންގަނޑު ހިނދުނު އިރު ރަނާއަށް ވަނީ ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައެވެ. ކެއްސަމުން ކެއްސަމުން ހަމަނޭވާލާން މަސައްކަތް ކުރަމުން ދިޔައެވެ. އެ އައީ ކޮން ފެންގަނޑެއް ބާވައޭ ހިތަށް އެރިއެވެ. ރަށުތެރޭ މީހުންތައް ހަލަބޮލިވެ ކުދިންތަކުގެ ނަމުން ގޮވަމުން ދާ އަޑު އިވުނެވެ. ރަނާ އެ އަޑުތަކަށް ވިސްނަން އޮތުމަށް ފަހު އަތުގައި އައްސާފައިވާ ވާ މޮހެވޭތޯ ތަޅުވައިގަތެވެ. ނަސީބު ރަނގަޅުކަމުން ރަނާގެ ކަނާއަތް މޮހެވިއްޖެއެވެ. ރަނާ އަވަހަށް އޭނާގެ ވާއަތް މޮހެން މަސައްކަތް ކުރިއެވެ.
ރަނާގެ އަތް އެ ވާތަކުން މިންޖުވުމުން ކޮޅަށް ތެދުވަން މަސައްކަތް ކުރިއެވެ. ކޮނޑުހުޅުގައި ވާޅު ރިހުމެއް ވިއެވެ. އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު މޮހެލުމަށްފަހު އެނދުމަތިން ތެދުވެވުނީ ހިތްވަރުންނެވެ. ތަޅުންމަތީ އޮތް ތެތް ބެޑްޝީޓްގަނޑު ނަގާ ހަށިގަނޑު ނިވާކުރުމަށް ގައިގައި އޮޅާލިއިރު ރަނާއަށް އޭނާގެ ގައިން ފައިބަމުން ދިޔަ ލޭ ފެނުނެވެ. އެނދުމަތީގައިވެސް ވަނީ ލެއެވެ. ރަނާއަށް ރޮއިގަނެވުނެވެ. ޝިފާން އޭނާއަށް އެދިނީ ކިހާބޮޑު ވޭނެއް ހެއްޔެވެ.
ރުއިމުގައި ރަނާއަށް އެހެން ހުރެވުނީ ހިތަށް ކުރަމުން ދިޔަ ފުން އަސަރު ތަކުންނެވެ. ރަނާއަށް ސިހުމެއް ލިބުނީ އަނެއްކާވެސް ކުރިން އިވުނު ފާޑު އަޑުފައްގަނޑެއް އިވުުމުންނެވެ. ކޮރުޖަހަމުން ދޮރާ ހަމައަށް ދެވުނު އިރު ދޮރު ދަށުން ފެންގަނޑު ވަންނަން ފަށައިފިއެވެ. ތަޅުގައި ހިފާ އަނބުރާލުމާ އެކީ ދޮރު ވަރަށް ފަސޭހައިން ހުޅުވިއްޖެއެވެ. ވީ އުފަލުން އެގެއިން ނުކުންނަ މައި ދޮރާ ދިމާލަށް ރަނާ ހިނގަމުން ދިޔައީ ފައި ކާއްތަމުންނެވެ. ރަނާ އެ ދޮރާ ހަމައަށް ދެވުމުން އުންމީދުން ފުރިގެންވާ ފަދަ ހިނިތުންވުމަކާއި އެކީ ތަޅުގައި ހިފާ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ރަނާއަކަށް އެ ދޮރެއް ނުހުޅުވުނެވެ. އެ ދޮރަކީ ބޭރަށް ހުޅުވޭ ދޮރެއް ކަމުން ފެންގަނޑު ދޮރުގެ ބޭރުން ޖެހިފައި ހުރުމުން އެ ދޮރު ބޭރަށް ހުޅުވޭ ގޮތެއް ނުވިއެވެ.
ކޮޓަރީގެ ދޮރު އެހާ ފަސޭހައިން އެ ހުޅުވުނީ އެތެރެއަށް ހުޅުވާ ދޮރެއް ކަމުންކަން ރަނާއަށް ނަގައިގަނެވުނެވެ. ކަކޫތާ ފެނުގައި ރަނާ ހުރެ ރޮއެ ގަނެވުނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި ހުރި ރަނާއަށް ސީމާ މަތިން ހަނދާންވީ ދެނެވެ. ސީމައްތަ ބަނޑުގަނޑާއެކީ ލޮނުގަނޑު ތެރޭގައި އުޅޭނެ ހާލު އޭނާއަށް ސިފަކޮށްލެވުނެވެ. ބާރު އަޑަކާއި އެކީ ގޭގެ ޓިނުގަނޑު ބުރައިގެން ދިޔައެވެ. ރަނާއަށް ބިރުން ދެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ. އެއާއި އެކު ފުރާޅު މަތިން ފެންގަނޑު ދިޔަ މަންޒަރު ރަނާއަށް ފެނުނެވެ. އެގޭގެ ވަށައިގެންވާ ފާރުތައް ފުނޑުވެގެން ފޭބީ ރަނާގެ ގައި މައްޗަށެވެ.
*** *** *** *** *** ***
"މަންމާ......" އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ޒީކް ތެޅި ފޮޅެނީއެވެ. އެ އަޑަށް ސީމާ އައިސް ކޮޓަރިއަށް ވަނެވެ. މޫނުމައްޗަށް ދެއަތް ހުރަސްކޮށްގެން އޮވެ ޒީކް ހަޅޭއްލަވަމުން ދިޔައީ ބިރެއް ފެނިގެންހެން ހީވިއެވެ. ޒީކްގެ ހަށިގަނޑުގައި ފިރުމާލުމަށް ސީމާގެ އަތްތިލަ ޖައްސާލުމާއި އެކީ ފުންމައިގެން ތެދުވެ ސީމާއާ ދިމާލަށް ޒީކް ބަލާލިއެވެ. އަދި ހަމަ އެއާއެކު އައިސް ސީމާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަޑުުން އަޑުނަގާ ރޮމުން ސީމާގެ ހަށިގަނޑުގައި ބައްދައިގެން އިން ޒީކް ހަމަޔަކަށް އެޅެންދެން އޭނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ސީމާ އިނެވެ.
ކުޑަ އިރުކޮޅެއް ފަހުން ޒީކް އޭނާގެ މަންމަގެ ހަށިގަނޑުން އަތްދޫކޮށް ދުރަށް ޖެހި ދެލޯ ފޮހެލިއެވެ. ޒީކަށް ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށް ބުންޏެވެ. ސީމާ ހައިރާންވެހުރެ ކޮޓަރިއަށް ކަޅިހިންގާލަމުން ބުންޏެވެ. "ދރިިފުޅަށް މިހޫނުގަ ނިދުނުތަ؟... ގުދަނުގަ ރޯވުމުން އެ ސަރަހައްދު ހަމަޔަކަށް އަޅުވަން ރަށުގެ ބައެއް ހިސާބުން ކަރަންޓު ކަނޑާލައިގެން އެއުޅެނީ..."
ސީމާގެ ޖުމްލަ މެދުކެނޑުނީ ގެއަށް ކަރަންޓު އައިސް ޒީކްގެ ކޮޓަަރީގައި ހުރި ފަންކާ ދައުރުވާން ފެށުމުންނެވެ. "އަހަން.. ކަރަންޓު އެ އައީ... ދަރިފުޅު ދޭ ދެން ފެންވަރާލަން... މަންމަ މިއުޅެނީ އެއްޗިހި ދޮންނަން ޖެއްސިގޮތަށް.... މިދަނީ އަވަހަށް އެއްޗިހި ހިއްކަން ޖައްސަން..." މިހެން ބުނެ ސީމާ އެކޮޓަރިން ނުކުތެވެ. ދާހިތްލާ ތެމި ފޯވެފައިވާ ޒީކް ތުވާލި ނަގައިގެން ފާހާނާއަށް ދިޔައީ ފެންވަރާލާށެވެ. ބޮލުގައި އައްސާފައިވާ ވޫލުކޮޅު ނައްޓާލައި މޫނު ދޮންނަ ތަށިމަތީ ބޭއްވުމަށްފަހު ލޯގަނޑުން ޒީކްގެ މޫނަށް ބަލަން ހުރެވުނެވެ. އޭރުވެސް ޒީކްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝިފާންގެ ވިހަ ތޫނު ހަމަލާތަކެވެ. ޝިފާންގެ އިންޒާރުގެ ބަސްތަކެވެ.
*** *** *** *** *** ***
އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިވަމުން އައި އިރު ޝިފާން އިނީ ކެފޭއެއްގައި އޭނާގެ ފިހާރައިގެ މެނޭޖަރާއި އެކީ ކޮފީއެއް ބޯށެވެ. މާޔޫސްވެ ކަންބޮޑުވެފައި ޝިފާން އިނީ ހަދާނޭ ގޮތް ހުސްވެފައެވެ. ޝިފާނަށް ހިތްވަރު ދިނުމަށް އެކި ވާހަކަތައް ޖަމްޝީދު ދައްކަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޝިފާންގެ ކަންފަތަށް އަޑު ނީވޭ ކަހަލައެވެ.
"އެއީ ކާކު ކުރިކަމެއްބާ؟.... އެވަރުގެ ކަމެއް ކުރާނީ ކާކު؟.. މިިރަށުގައި އަހަރެން ދެކެ ރުޅިއަންނަ އެކަކުވެސް ނުހުންނާނެ.. އަހަރެން ހަމަ އަޖައިބު ވެއްޖެ... ފުލުހުން އެވަރަށް ސުވާލު ކުރުމުންވެސް އަހަރެންނަށް މިކަމަށް ޝައްކު ކުރެވޭ މީހެއްގެ ނަން ދުލަށް ގެންނާކަށް ނޭނގުނު..." ޝިފާންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތައް ދުލުން ބޭރު ކުރުމުން ޖަމްޝީދުވެސް އެވަގުތަށް ހަމަހިމޭން ވެއްޖެއެވެ.
އެގަޑީގައި އެ ކެފޭ ތެރެއަށް ގިނަ އަދަދެއްގެ މީހުން ވަންނަމުން ދިޔުމުން ޝިފާން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެންމެންގެ ހަމްދަރުދީގެ ބަސްތައް އަޑުއަހާ އަހާ ވަރުބަލި ވެއްޖެއެވެ. ބިލަށް ފައިސާ ދައްކަން ސަތޭކަ ރުފިޔާ ޖަމްޝީދަށް ހަވާލުކުރަމުން ޝިފާން އެ ކެފޭއިން ނިކުމެގެން ދިޔައީއެވެ.
ބަނދަރު މަތިން ހިނގާފައި ދިޔައިރު އަތިރިމަތިން ފެންނަމުން ދިޔަ އިރުއޮއްސޭ ފުރިހަމަ މަންޒަރަށް ބަލަން ހުރެވުނެވެ. ކައިރިން ފެންނަން ހުރި ހުސް ބެންޗު މަތީގައި އިށީނދެ މޫނުމަތީގައި ދެއަތް ހާކާލަމުން އިސްތަށިގަނޑަށް އަތުގެ އިނގިލިތައް އަމުނާލީ ބޮލުގައި އުފެދެމުން ދިޔަ ރިހުމަކުންނެވެ. ބަނދަރު މަތީގައި ދުުރުދުރުންވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން، އެކަހެރި ވެލަން ބޭނުންވެފައިވާ ޝިފާނަށް ލިބުނު މީ ރަނުގެ ފުރުސަތެކެވެ.
އިރު އޮއްސެމުން ދިޔަ ދިމާލުން ދުއްވާފައިދާ ކުޑަ ދޯންޏެއް ފެނުމުން ޝިފާނަށް އެދިމާލަށް ބަލަން އިނދެވުނެވެ. އެ ދޯނީގައި ފެންނަން ތިބީ ދެތިން މީހުންނެވެ. އެ މަންޒަރު ފެނި ޝިފާންގެ ހަނދާނަށް އާވަމުން ދިޔައީ ޝައިބާނާ ދެމީހުންގެ ދެމެދުގައި ސިއްރު ކުރެވިފައިވާ އެ ހާދިޘާއެވެ. ސުނާމީއަށް ފަހު އެމީހުން ރަނާއަށް ކަންތައްކުރި ގޮތެވެ.
- ނުނިމޭ -