މި ސަރުކާރުގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތަކީ ފަތުރުވެރިން އަންނަ މަންޒިލްގައި ދެވޭ ހިދުމަތާ ދާދި އެއް ފެންވަރެއްގެ ނުވަތަ އެއާއި ގުޅޭ ފެންވަރެއްގެ ހިދުމަތްތެއް ދޭތަނަކަށް ހެދުންކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ 58 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދެއްކެވި ވާހަކައިގައި އިބްރާހީމް ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހެދިފައި ހުރި ގޮތުން 'ހޭންޑަލްކުރެވެނީ' ވަރަށް މަދު އަދަދެއްގެ ޕަސިންޖަރުން ކަމަށެވެ. އަދި ދޭތެރެދޭތެރެއިން ފެންނަ ތޮއްޖެހުންތަކަކީ ފިސިކަލް ކެޕޭސިޓީ އާއި އެކަށީގެންނުވާހާ ގިނަ އަދަދެއްގެ ޕަސިންޖަރުން އާންކަމުގައި ޝަރީފް ވިދާޅުވިއެވެ.
ވީއައިއޭ އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުމަތިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ގިނަ ޕަސެންޖަރުންނަކީ ފަތުރުވެރިންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މިފަތުރުވެރިންނަކީ 1،2،3،4،5 ސްޓާ ހޮޓެލްތަކަށް އަންނަ ފަތުރުވެރިންކަމަށެވެ. މި ފަތުރުވެރިންނަކީ ފުދޭ ވަރެއްގެ ހައި ސާވިސް ކޮލިޓީއެއްގައި ތިބޭ ބައެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުސްތަގުބަލުގައި ވެލާނާ އެއާޕޯޓަކީވެސް މިފަދަލެވެލްގެ ހިދުމަތްދެވޭ ތަނަކަށް ހެދުންކަމަށެވެ.
"މި ހުޅުވޭ އާ ޕަސިންޖާ ޓާމިނަލްއަކީ، އެކަމަށް ހައްލުހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއްމަސައްކަތް. ވަރަށް ގިނަފަހަރަށް ފެންނާނީ އަޅުގަނޑުމެންގެ މޫނުމަތިން ފެންނަ ކަންތައްތައް، ފަރުދާގެ ފުރަގަހުގައި ވާ ކަންތައްތަކެއް ނުފެންނާނެ. ހަމައެކަނި ޕަސިންޖާ ޓާމިނަލެއް އެޅުމަކުން އަޅުގަނޑުމެންގެ މަގްސަދު ހާސިލްވީކީނުން. މިތަނަށް އަންނަ ބޯޓު ފަހަރު، މަތިންދާ ބޯޓުފަހަރު އައިސްފައި ލަސްނުވެ ފުރޭގޮތް ހެދުމަކީވެސް ހަމަ ޕަސިންޖާ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެއް. އެގޮތުން އަޅުގަނޑު މިތަނަށް އައިއިރު، ވަރަށް ގިނަ ތަންތަން ހެދިފައި އެހެންނަމަވެސް ބޭނުންކުރަން ނުފެށި ހުރި. ޕަސިންޖާ އެކްސްޕީރިއެންސް އެންހޭންސް ކުރުމަށްޓަކައި ބޭނުންވާ އެންމެ ބޮޑު އެއްކަމަކީ ލަސްތަކެއް ނުވެ މަތިންދާ ބޯޓުތައް ކަނެކްޓިން ޑެސްޓިނޭޝަންއަށް ފުރުވާލުން" ޝަރީފު ވިދާޅުވިއެވެ.
އިރުރަށް އޭނާ ވިދާޅުވެފައި ވަނީ "އެގޮތުން ތެޔޮ އެޅުމަކީ މިތަނުގައި ވަރަށް ގިނަ ވަގުތު ނަގާކަމެއް. މިހާރު މިހިރީ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ލެވި ބޯޓުކައިރިން ތެޔޮ އެޅޭނެ ގޮތްތައް ހެދިފައި. އޭގެ ސަބަބުން މިތަނަށް ބޯޓުފަހަރު އާމަށް އިތުރު ހިތްވަރަކަށް ވޭ، އެއީ ވެލާނާ އެއާޕޯޓުން ބޯޓުފުރުވާލާފައި އެހެން ކަނެކްޓިން ޑެސްޓިނޭޝަނަކަށް ދެވޭނެކަމުގެ ޔަގީންކަން އޮންނަންޔާ އެއާލައިންތައް މިތަނަށް އަންނަ ޖެހިލުމެއް ނުވާނެ. އެހެންވީމަ މިކަހަލަ ބައިވަރު އިތުރު ހިދުމަތްތަކެއް އެބަހުރި ފަރުދާގެ ފުރަގަހުގައި ކުރެވެމުންދާ. މައިގަނޑުގޮތެއްގައި އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ސަރވިސް ލެވެލް މިއަށްވުރެ އެންހޭންސްކޮށް ޕަސިންޖާ އެކްސޕީރިއަންސް ރަނގަޅުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން." ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވި 20 އަހަރުގެ ތަސައްވުރަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް އަދި ދިވެހި އިގްތިސާދު އެހެން ހަރުފަތަކަށް އުފުލާލުމަށް މުހިންމު ތަސައްވުރެއް ކަމަށެވެ. "މައިގަނޑުގޮތެއްގައި ތަނެއް ތަރައްގީކުރާއިރު މި ބޭނުންކުރާ ސްޓެޓިސްޓިކަލް ހަމަތަކަކީ ލެގިން ޑޭޓާ ޔޫސްކުރުން. އެއީ ފައިތުވި ތަނުގައި ބޭނުންކުރި އަދަދުތަކެއްގެ މައްޗައް ބިނާކޮށް މުސްތަގުބަލްގައި ތަނެއް ޕްލޭން ކޮށް މިހަދަނީ. ވަރަށް މަދު ބޭފުޅަކަށް މިޑޭޓާގެ ބޭރުން ވިސްނަވަން ކެރިވަޑައިގަންނަވާނީ ނުވަތަ އެގިވަޑައިގަންނަވާނީ. އިނގިރޭސިބަހުން ކިޔާކަންނޭގެ "ތިންކް އާޓްސައިޑް ބޮކްސްއޭވެސް". ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ދާދި ފަހުން އިފްތިތާހުކުރެވިގެން ދިޔަ ވެލާނާ އެއާޕޯޓުގެ 20 އަހަރުގެ މާސްޓާ ޕްލޭނާއެކު ރައީސްގެ އެ ތަސައްވަރު އެބަހުންނެވިކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. ވެލާނާ އެއާޕޯޓަކީ މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އޭރުން ރާއްޖެއަށް ޕަސިންޖަރުން އަންނާނީ ހަމައެކަނި ޑެސްޓިނޭޝަނަކަށް ދާ ޓްރާންސިޓް ޕޮއިންޓަކަށް ނޫންކަމަށާ ދުނިޔޭގެ އެތަން މިތަނުންވެސް މިތަން އެކްސޕީރިއަންސް ކުރަން ފަތުރުވެރިން އަންނާނެކަމަށެވެ.
"މިއާއި ގުޅިފައިވާ ފްރީޒޯނާއި (އެކޮނޮމިކް ފްރީ ޒޯން) ނުނީ ޝޮޕިން، މިކަހަލަ ބައިވަރު އެކްސްޕީރިއަންސްތަކެއް ހިމެނޭނެ. އަދި އޭގެ އިތުރަށް ޖެނެރަލް އޭވިއޭޝަން މިކިޔާ ޕްރައިވެޓް ޖެޓްސް އައިސް އެމީހުނަށް އެކަށީގެންވާ ހިދުމަތެއް ދެވޭނެ ކަހަލަ ޖެޓް ޓާމިނަލްސް ހުޅުވި، އަދި ގިނަ އަދަދަކަށް ފްލައިޓް މޫވްކުރާ ތަނެއް ވިއްޔާ އެމްއާރްއޯ ފެސިލިޓީސްގެ ލައިން މެއިންޓަނަންސް އާއި ނުވަތަ އެއަށްވުރެ ހަޔާ ލެވެލް އޮފް ސާވިސް ލިބޭނެ ފެސިލިޓީސް މިތާގައި ހުންނާނެ. އޭގެ ސަބަބުން ބޯޓެއް މިތަނަށް އަންނާކަށް އެއްވެސް ކަހަލަ ޖެހިލުމެއް ނުވާނެ. ޓެކްނިކަލް އިޝޫއެއް ދިމާވެއްޖެއްޔާ މިތަނުން ހައްލުވާނެ. އެހެންކަމުން މިކަހަލަ ތަފާތު ވިސްނުންތަކެއްގައި ރައީސްގެ ޕްލޭންގައިވަނީ" ޝަރީފް ވިދާޅުވިއެވެ.
ރައީސްގެ ޕްލޭނަކީ ގައުމަށް ވަރަށް ބޭނުންތެރި އަދި އެއާޕޯޓް ތަފާތުތަނަކަށް ވެގެން ދާނެ މަޝްރޫއެއްކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ އާ ޕަސިންޖާ ޓާމިނަލުން ލިބިގެންދާނެ ޒަމާނީ ހިދުމަތްތަކަށް އަލިއަޅުއްވާފައެވެ. މިގޮތުން ޝަރީފް ވިދާޅުވީ މިހާރު މީހަކު އެއާޕޯޓަށް ފުރަން އައިސް ފުރަތަމަ ބެގޭޖް ސްކްރީންކޮށް އަނެއްކާ ޗެކިން ކައުންޓަރަށް ކިއުއަކަށް ގޮސް، އެތައް މިނިޓަކު ހުރެގެން ކޮށްފައި ދެން މިދާން ޖެހޭނީ އިމިގްރޭޝަނާ ހަމައަށްކަމަށެވެ. އެހެންނަމަވެސް އާ ޓަމިނަލްގައި މިހުރިހާ ފްރަންޓް ސްކްރީނެއް ދާނީ ސެލްފް ސާވިސް ޗެކިންގް ކޮށްލާފައި ބަގޭޖް ޑްރޮޕްކޮށް ޗެކިން ކައުންޓަރަށް ގޮސް ޗެކިންކޮށްލަންވީ ކަމަށެވެ.
"ސްކްރީނިން އާއި މިހުރިހާކަމެއް ދާނީ އޭގެ ފަހަތުގައި. އާ ޓާމިނަލްގައި މިއަންނަނީ ބެގޭޖް ހޭންޑަލިން ސިސްޓަމް. މީގެ ސަބަބުން ބެގޭޖް އޮޓޮމެޓިކަލީ ޓެގްކޮށްފައި، ސޯޓްކޮށްފައި، ކޮން އެއާލައިނަކަށް ކޮން ބެގޭޖެއްކަން ދާނީ ބަލާފައި، ސެކިއުރިޓީ ބޭފުޅުން ފަހަތުގައި ތިއްބަވައިގެން ސެކިއުރިޓީ ސްކްރީންކުރައްވާފައި ހުރިހާކަމެއް ކުރާނީ. ޕަސިންޖަރުންނަށް ވާދަތިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. ގާތްގަނޑަކަށް ނެތިގެންދާނެ މިހާރުގެ ހާލަތުން ވިއްޔާ. އެހެންވީމަ އާ ޓާމިނަލްގައި ވަރަށް ބައިވަރު އަދި މިއަށްވުރެވެސް އިތުރު ފަސޭހަތަކެއް އަންނަ އަދި ފުރާ ޕަސިންޖަރުންނަށް ހުންނާނެ" ޝަރީފް ވިދާޅުވިއެވެ.
ތިކަމެއް ނުވާނެ މިހާރު އެމް އޭ ސީ އެލް ގަ ތިއުޅޭ އިސް މަގާމު ތަކުގަ އުޅޭ މީހުން ވަކި ކޮށްގެން ނޫނިއްޔާ.. އެމީހުން އަށް ހީވާ ކަހަލަ އެމީމިންގެ ހަރު މުފަލެކޭ އެތަނަކީ ހިތުހުރި އެއްޗެއް ހަދަނީ..
ޚިދުމަތްތައް ރަނގަޅު ކުރެވޭނީ އިޚްލާސްތެރިންނަށް ހަމައެކަނި ސީއީއޯ އިޚްލާސްތެރި ވެގެނެއް ތިކަމެއް ނުވާނެ ނިކަން ދެކިބަލަ 18 މިލިއަން ޑޮލަރުގެ ޕަވަރ ޕްރޮޖެކްޓްއަށް ވަމުން އެދާގޮތް ޔާމީނުގެ ވެރިކަމުގައި އިންޖީނުތައް ގެނައީ އެއިންޖީނުތައް އަދިވެއެހެރީ ހިންގާ ބޭނުންކުރެވޭނެ ދުވަހެއް ނޭގެ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރަމުން އައީ އެމީހުން ވަކިހިސާބަކު އެމަސައްކަތަށް ލިބެންޖެހޭ އަގު ނަގައިގެން ބަޗައިފިތާ އެތައްދުވަހެ 11 އަހަރު ވެގެން އެދިޔައީ އިންޑިއާއިން އެމަސައްކަތް ކުރި ކުންފުނިވެސް ވަނީ މިހާރު އުވާލާފަ ކާކުމިކަމާ ޒިއްމާ ވަނީ؟ ސްޓެލްކޯއިން އެހީތެރިކަން ދޭތީ މިހާރު އެއާޕޯޓްގެ އޮޕަރޭޝަންތައް ހިންގެނީ އިންޖީނު ބެހެއްޓުމަށް މިހާރު އިންޖީނު ގަންވަރު ޚަރަދުވެއްޖެކަމަށް ވަނީ ސްޓެލްކޯއަށް މަހަކު ހަތްމިލިއަން ދައްކަން ޖެހޭ މީވަރަށް ބޮޑުޚިޔާނާތެއް ބަލާނެ މީހަކުނެއް …