ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސް އޮފަރ ތަކެއް އިއުލާނުކޮށްފިއެވެ.
އުރީދޫއިން ބުނީ މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށާއި ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މިއީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ.
އެގޮތުން އުރީދޫއިން ތިން ޕެކޭޖެއް އިއުލާންކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އީދު ޕެކް، ޗުއްޓީ ޕެކް، ގިފްޓް އަ ފެކް އަދި ޓެކްސްޓް އަ ކޮފީ ފެކްއެކެވެ.
50 ރުފިޔާއަށް އެކްޓިވޭޓްކޮށްލެވޭ އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް ލިބޭއިރު އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100 ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އޭގެ އިތުރުން ކަސްޓަމަރުންނަށް އެ ޕެކް 100 ރުފިޔާއަށް 3 ދުވަހަށް ނުވަތަ 150 ރުފިޔާއަށް 5 ދުވަހަށް އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
ގިފްޓް އަ ޕެކްގައި ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ހަމަޖެހިގެންދާއިރު ޓެކްސްޓް އަ ކޮފީ ފެކްއިން އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.
އުރީދޫއިން ބުނީ އެ އޮފާތައް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.