ރިކްތާ މިންގަނޑުން 7.7 ގެ ބާރުމިނުގައި ޓައިވާނުގެ އިރުމަތީ ކަނޑުގެ އައްސޭރިއަށް އައި ބާރުގަދަ ބިންހެލުމުގައި 1 މަރުވެ 50 މީހަކު ޒަހަމްވެއްޖެއެވެ.

މިހާދިސާގެ މައުލޫމާތު ހާމަ ކުރަމުން ތައިވާނުގެ އިދާރާތަކުން ބުނީ، ބިންހެލުމުގައި މަރުވެގެން 26 އިމާރާތެއް އަރިއަޅާލައި އަދި ބައެއް އިމާރާތް ވެއްޓިފައި ވާކަމަށެވެ. ގިނަ އިމާރާތަތް ވެއްޓުނީ ހައުލިއެން ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގެ ވެރިރަށަކީ 100،000 މީހުންގެ އާބާދީއެއް ކަމަށް ބުނެފައި ވެއެވެ. ހައުލިއަން ސަރަހައްދަކީ ފަރުބަދައިގެ ސަރަހައްދެއް ކަމުން ބިންހެލުމާއެކު ފަރުބަދަތައް ގުޑާ ގިނަ އަދަދެއްގެ ގާ ކުނޑި ފައިބައިފާ ވާކަމަށް ވެސް ބުނެފައި ވެއެވެ.

މި ބިންހެލުމުގައި ސުނާމީއެއް އަންނާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ސުނާމީގެ އިންޒާރު ވަނީ ނަގާފައެވެ.

ބިންހެލުން އައި ވަގުތު ބައެއް އިމާރާތްތަކުގައި ތިބި އެހެނަސް ސަލާމަތްވި ބައެއް މީހުންނާ ހަވާލާދީ ބައެއް ހަބަރުތައް ބުނާގޮތުން އެވަގުތު ހީވީ ގަދަ ކަނޑެއްގައި ދަތުރު ކުރަމުން ދިޔަ ބޯޓެއް ތަޅުވައިގަންހެނެވެ.

"އެންމެ ފުރަތަމަ ހީވީ ގޭދޮރުމަތީގެ މަގު އޮންނަ ގޮތުން ދިޔަ ޓްރަކެއް އަޑިގަންގަނޑަށް ޖަހަމުން ދަނީއޭ، އިރުކޮޅެއް ނުވެ ހެލުން ބާރުވެ އެޕާޓްމަންޓު ހީވީ ގަދަ ކަނޑެއްގައި ދަތުރުކުރާ ބޯޓެއްހެން"

އަލްޖަޒީރާ އާ ވާހަކަ ދެއްކި މީހަކު ބުނީ އެޕާޓްމަންޓް ތެޅިގަން ވަގުތު ޝެލްފް ތަކުގައި ހުރި ފޮތްތަކާއި އެހެނިހެން ތަކެތި ވެސް ވެއްޓެމުން ދިޔަ ކަމަށާއި ވީވަރަކުން ބެލީ ރައްކާތެރިވެވޭތޯއެވެ. އޭނާ ބުނީ، މީގެ ކުރިން އައިސްފައި ވާ ބައެއް ބިންހެލުންތަކާ މި ބިންހެލުމާ ކުޑަކޮށް ތަފާތު ކަމަށާއި ލޮޅުން ދެތިން މިނެޓަށް ވުރެ ދިގުވެގެން ދިޔަ ކަމަށެވެ.

މި ބިންހެލުމާއެކު އުފެދިގެން އައި އާފްޓާ ޝޮކް 2 ގަޑިއެއްހާ އިރަށް ދެމިގެން ގޮސްފައި ވެއެވެ.