ފިތުރު ޒަކާތުގެ ގޮތުގައި ރޯދައިގެ ފުރަތަމަ ދިހައެއްގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ފާއިތުވި ފަސް އަހަރު ލިބުނު ފިތުރު ޒަކާތުގެ ތަފާސްހިސާބަށް ބަލާނަމަ:
- 2020 - 1,533,844 ރުފިޔާ
- 2021 - 977,301 ރުފިޔާ
- 2022 - 1,092,547 ރުފިޔާ
- 2023 - 1,393,707 ރުފިޔާ
- 2024 - 1,599,113 ރުފިޔާ ވަނީ ލިބިފައެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލުތައް:
- އިސްލާމިކް މިނިސްޓްރީގެ ކައުންޓަރު - 206,814 ރުފިޔާ
- ބަނޑޭރި ޕޭ - 117,494 ރުފިޔާ
- ބީއެމްއެލް (އޮންލައިން) - 759,407 ރުފިޔާ
- އިސްލާމިކް ބޭންކް (އޮންލައިން) - 279,376 ރުފިޔާ
- ދިރާގު އެސްއެމްއެސް - 13,205 ރުފިޔާ
- ދިރާގު އޮންލައިން - 42,392 ރުފިޔާ
- ދިރާގު ޕޭ - 1،425 ރުފިޔާ
- އުރީދޫ އެސްއެމްއެސް - 12,366 ރުފިޔާ
- އުރީދޫ އެމްފައިސާ - 46,380 ރުފިޔާ
- ފަހިޕޭ އޮންލައިން - 120,254 ރުފިޔާ
މީގެއިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި (ސަރުކާރު ބަންދު ދުވަސްތަކުގައި) ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މީގެއިތުރުން ރަމަޟާން މަހުގެ 27 ވާ ދުވަސް ކަމަށް ވާ އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.