ރޯދަ މަހުގެ ފަހު ދިހައިގައި ދަމުނަމާދާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހުގެ ފަހު ދިހައިގައި 32 މިސްކިތެއްގައި ދަމު ނަމާދު ކުރެެވޭނެ ކަމަށާއި އަދި އިއުތިކާފަށް 16 މިސްކިތުގައި ތިބެވޭނެ ކަމަށެވެ.

އެގޮތުން މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 8 މިސްކިތެއްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ 3 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:

  1. މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
  2. މަސްޖިދު މިލިކި ސަލްމާން
  3. މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
  4. މަސްޖިދުއްސުލްތާން މުހައްމަދު ޝަމްޝުއްދީން (ބަންޑާރަ މިސްކިތް)
  5. މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
  6. މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (ތައިބާ މިސްކިތް)
  7. މަސްޖިދު އަލީ ހުސައިން (މާވެޔޮ މިސްކިތް)
  8. މަސްޖިދު ސަލާހުއްދީން
  9. މަސްޖިދުލް ފުރުގާން
  10. މަސްޖިދުލް ޖަލާލުއްދީން
  11. މަސްޖިދުއްނޫރު
  12. މަސްޖިދު އިބްރާހިމް
  13. މަސްޖިދުއް ޝަހީދު އަލީ
  14. މަސްޖިދު އިސްކަންދަރު
  15. މަސްޖިދު ޝަހީދު އަބްދުއްރަހުމާން (ފަނޑިޔާރު މިސްކިތް)
  16. މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން (ރަން މިސްކިތް)
  17. މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  18. މާފަންނު އާ މިސްކިތް
  19. މަސްޖިދުއް ސަލާމް
  20. މަސްޖިދުލް އިހުލާސް
  21. މަސްޖިދުލް ބިއްރި
  22. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލްޘާނީ (ވައްގުއްބު މިސްކިތް)
  23. މަސްޖިދު އަޒީޒާ މޫސާ
  24. މަސްޖިދު އުމަރު ބުނުލް ހައްތާބު
  25. މަސްޖިދުލް ވާލިދައިނި
  26. ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަހުޑް 3)
  27. މަސްޖިދުއް ރަޝީދު
  28. މަސްޖިދުލް އަޞްދިގާ
  29. މަސްޖިދުލް މުހައްމަދު
  30. މަސްޖިދު ހަސަން އާދަމް
  31. މަސްޖިދު އުސްމާނު ބިން އައްފާން
  32. މަސްޖިދު އަބީބަކުރިނިއްސިއްދީގް އެވެ.

މީގެއިތުރުން އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭގެ 8 މިސްކިތަކާއި ވިލިމާލޭގެ 1 މިސްކިތާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތެއްގެ އިތުރުން ޅުމާލެ ދެވަނަ ފިޔަވަހީގެ 2 މިސްކިތެކެވެ.

އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

  1. މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
  2. މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
  3. މަސްޖިދު އަލީ ހުސައިން (މާވެޔޮ މިސްކިތް)
  4. މަސްޖިދުލް ފުރުގާން
  5. މަސްޖިދުލް ޖަލާލުއްދީން
  6. މަސްޖިދުއް ޝަހީދު އަލީ
  7. މަސްޖިދުއްނޫރު
  8. މަސްޖިދު ޝަހީދު އަބްދުއްރަހުމާން (ފަނޑިޔާރު މިސްކިތް)
  9. މަސްޖިދުލް އިހުލާސް
  10. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލްޘާނީ (ވައްގުއްބު މިސްކިތް)
  11. މަސްޖިދު އަޒީޒާ މޫސާ
  12. މަސްޖިދުއް ރަޝީދު
  13. މަސްޖިދުލް އަޞްދިގާ
  14. މަސްޖިދުލް މުހައްމަދު
  15. މަސްޖިދު ހަސަން އާދަމް
  16. މަސްޖިދު އަމީލް ޖަލީލް

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހަައިގެ ރޭތަކުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އަންނަނީ ދަމު ނަމާދާ ކުރުމުގެ އިތުރުން އިއުތިކާފުގައި ތިބެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް 32 މިސްކިތެއްގައި ދަމު ނަމާދުކޮށްފައިވާއިރު އިއުތިކާފުގައި ތިބުމަށް 14 މިސްކިތެއް ކަނޑައަޅާފައި ވެއެވެ.