އެމެރިކާ އާއި ޗައިނާ އާ ދެމެދު އޮންނަ އަރާރުމާއި ނުތަނަވަސްކަން ފިނިކުރުމަށް ޗައިނާ އަށް ބްލިންކެން ވަޑައިގެން އުޅުއްވާ އިރު، ޗައިނާ އާއި އެމެރިކާ ވާން ޖެހެނީ ބައިވެރިންނަށް ކަމަށާއި ވާދަވެރިންނަށް ނޫން ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާ ބައްދަލު ކުރައްވައި ޝީ ވިދާޅުވީ، އެގޮތުން އެމެރިކާ އާި ޗައިނާއިން އެއްބަޔަކު އަނެއް ބަޔަކަށް ގެއްލުން ދޭން ނުވަތަ ހިތުގަ ޖައްސަން މަސައްކަތް ކުރުމުގެ ބަދަލުގައި އެކުވެރިވެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން ޖެހޭ ކަމަށެވެ.
އެމެރިކާއިން ޗައިނާއާ މެދު ހިތްހަމަ ނުޖެހެނީ، ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ޗައިނާއިން ނުފޫޒު ފޯރުވައި ޖާސޫސް ކުރަން އުޅޭ ކަމަށް ބުނުމާއި އިގްތިސޯދީ ޥާދަވެރިކަމާއި ބައިނަލއްގުވާމީ މައިދާނުގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ޗައިނާއިން ނުގެންގުޅުމާއި މެދުއިރުމައްޗާއި ޔޫކްރައިން އަދި އިރުމަތީ އޭޝިއާއާ ގުޅޭ ޗައިނާގެ ސިޔާސަތުތައް އެެމެރިކާއާ އެއްގޮތް ނުވާ މައްސަލައިގައެވެ.
އެމެރިކާއިން ބުނަނީ އެގައުމަށް ޖާސޫސް ކުރަން ޗައިނާއިން ޓެކްނޮލޮޖީގެ އެހީ ބޭނުން ކޮށް ހެކްކުރުމާއި އެނޫންވެސް މުވާސަލާތީ އާލާތްތަކުގެ އެހީގައި ޖާސޫސް ކުރާ ކަމަށެވެ. މިވަގުތު ދުނިޔޭގެ 1 އަދި 2 ގައި އޮތް އެ ދެއިގުތިސޯދުގެ ތެރެއިން އަންދާޒާތަކުން ދައްކާ ގޮތުން ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ޗައިނާ ދުނިޔޭގެ 1 ވަނަ އަށް އަރާނެއެވެ. އަދި އެމެރިކާ 3 ވަނަ އަށް ވެއްޓި 2 ވަނަ އަށް އިންޑިއާ ޖެހިލާނެއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދިމާވާ މައްސަލަތަކަށް ބަލާއިރު އެމެރިކާ އަކީ ހުރިހާ ގައުމުތަކުގެ މައްޗަށް ހަންފަތުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވާއިރު، ޗައިނާގެ އެހީ އެފަދަ ގައުމަކުން ހޯދުމުގައި މިންގަނޑެއް ނެތުން މައްސަލައަކަށް ވެއެވެ. އަދި ޗައިނާ އާ އިންވެގެން އޮންނަ ޓައިވާނަށް ޗައިނާގެ ކައިރިން ސަލާމަތް ނުވެވޭ މައްސަލައަކީވެސް އެމެރިކާއަށް ބޮޑު މައްސަލައެކެވެ. މީގެ އިތުރުން އިންޑޯ ފެސިޕިކައި އޭސިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވުމަކީވެސް އެމެރިކާ އަށް ހަޖަމް ނުވާ މައްސަލަތަކެވެ.
ޝީ ވިދާޅުވީ އެހެން ކަމުން އޭނާ ހުށަހަޅުއްވާ ގޮތަކީ ވިން ވިން ހާލަތެއްގައި ދެގައުމު ގުޅިގެން ކުރިއަށް ދިޔުމަށެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ޗައިނާއިން ނުފޫޒު ފޯރުވާން މަސައްކަތް ކުރާ ފިލިޕީންސްއަށް އެމެރިކާއިން ދޭ އެހިތެރެކަމާއި މަދަދު ދިނުމުގައި ގަދަކޮށް އޮންނާނެ ކަމަށެވެ.
އަދި ޓައިވާނަށް އެހީތެރިކަން ދިނުމާއި އަސްކަރީ މަދަދާއި ތަމްރީނު ދިނުމުގައި ވެސް ދެމިތިބޭނެ ކަމަށް ބުނެފައި ވާ އިރު ޗައިނާ އިން ޓައިވާނަށް ހަމަލާއެއް ދީފި ނަމަ އެމެރިކާ ސިފައިން ފޮނުވައިގެން ހަނގުރާމަ ކޮށްގެން ވިޔަސް ޗައިނާ ބަލިކުރާނެ ކަމަށް މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވެއެވެ.
އެމެރިކާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް ހުސްވި ހަފްތާގައި އެމެރިކާއިން ވަނީ ޓައިވާނަށް އަސްކަރީ އެހީދިނުމަށް 4 ބިލިއަން ޑޮަލަރުގެ ޕެކޭޖެއް ފާސްކޮށްފައެވެ. އަދި އެމެރިކާގައި ޓިކްޓޮކް ބޭން ކުރުމާއި ޗައިނާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންފަދަ ކިތަންމެ ކަމެއް އެމެރިކާއިން މިފަހުން ދަނީ ކުރަމުންނެވެ.