އެމްޓީސީސީ ރޯދަ ޕްރޮމޯގެ ނަސީބުވެރިއަކަށް އުމްރާ ދެ ދަތުރު ދީފިއެވެ.

މިދިޔަ ފެބްރުއަރީ 11 އިން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު "އެމްޓީސީސީ ރޯދަ ޕްރޮމޯ 2024" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވުނު އެ ރަސްމިއްޔާތުގައި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތުގެ ނަން އިއުލާން ކޮށްދެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ.

އެމްޓީސީސީއިން ބުނީ އެ ޕްރޮމޯގެ ނަސީބުވެރި ފަރާތަކީ ހުސެއިން މުސްތާގު ކަމަށާއި އެ ފަރާތަށް ލިބުނު އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރު ކަމަށެވެ.

އެމްޓީސީސީއިން ބުނީ ރަމަޟާން މަހު ބޭއްވުނު ފްރޮމޯ ގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށާއި އެ ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑްކްޓްތަކަކީ ސުޒުކީ އިންޖީނާއި ޔަންމާ ޖެންސެޓްސާއި ސްޓާން އައިޓަމްސްއާއި ޕީޕީޖީ ކޯޓިނާއި ސްކޮޓް ބޭޑާ ރެސިންއާއި ސްކޮޓް ބޭޑާ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި ސްޕެއާ ޕާޓްސްއާއި އެކްސަސަރީޒްއާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސް ކަމަށެވެ.

އެމްޓީސީސީއިން ބުނީ ރޯދަ ޕްރޮމޯ ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓާ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމްރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.