ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަން ކޮށްފިއެވެ.

ޒީނާދު އަކީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރުގައި އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އެމްޑީގެ މަގާމު ފުރުއްވި ބޭފުޅާއެވެ.

އެ ކުއްފުނި އުފައްދައި، ކުދި ވިޔަފާރިތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެޒީނާދު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެ މަގާމުގައި ޒިނާދު ވަނީ 5 އަހަރު މަސައްކަތް ކުރައްވާފައެވެ.

ޒިނާދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެސްދީއެފްސީގެ އިތުރުން އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ގިނަ އަހަރުތަކެއް ވަންދެން އެކި އިސް މަގާމުތައް މަސައްކަތް ކުރައްވާފައެވެ.

2004 ވަނަ އަހަރު ވުޖޫދަށް އައި އެޗްޑީއެފްސީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދާފައިވާ ކުންފުންޏެކެވެ. ސަރުކާރުގެ އިތުރުން އިންޑިއާގެ އެޗްޑީއެފްސީ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އަދި ސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަކީ އެ ކުންފުނީގެ ހިއްސާދާރުންނެވެ.