ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ގޮތުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަބުދު ﷲ ޒިޔާދުއެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން އެންމެ ގިނައިރު ވެގެންވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް ގައުމީ ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ:

  • 42.6 ހެކްޓަރުގެ ބިން ހިއްކުން
  • 2098 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓު ޖެހުން
  • 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން

މި މަޝްރޫއަކީ 390 ދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.