އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް މިއަދު ނިޔާވެފައި ވަނީ ހއ. ދިއްދޫ، އޮސާކާ، އިބްރާހީމް ރަޝީދުއެވެ.

އިބްރާހިމް ރަޝީދު އުމްރާއަށް ދިޔައީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގުރޫޕާ ގުޅިގެންނެވެ. އެ ގުރޫޕުން ބުނި ގޮތުގައި އިބްރާހިމް ރަޝީދު ނިޔާވި އިރު އޭނާ ދިޔައީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

އަދި ފާއިތުވި ދުވަސްތަކުގައި ވެސް އިބްރާހިމް ދިޔައީ ފުއްޕާމޭގައި އިންފެކްޝަން އުފެދި މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް ޒަމްޒަމް ޓީމުން ވަނީ ބުނެފައެވެ.

އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން މީގެ ކުރީގެ ބައެއް ދަތުރުތަކުގައި ވެސް ނިޔާވެފައި ވެއެވެ.