މ. ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވީ މި ސަރުކާރުން ކަމަށް ބުނެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު ދެއްކެވި ވާހަކަތަކަށް މި ސަރުކާރުގެ މިނިސްޓަރުންތައް ހޫނު ރައްދެއް ދެއްވައިފިއެވެ.

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް މ. ރަތްމަންދު އަށް ވަޑައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 90 ވަރަކަށް ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހައަށް ރައްދު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މިދިޔަ ސަރުކާރުން ދިޔައީ ރަށްރަށުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށެވެ. ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްގީގެ މަޝްރޫއުތައް ހިންގާކަމަށް ދައްކައިގެން، އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކައި ދައުލަތުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓް ކުރި ކުދި ކުންފުނިތަކަށް ވެސް ފައިސާ ނުދީ އިނދަ ޖެއްސި ސަރުކާރެއްގެ ގޮތުގައި މާރިޔާ ސިފަ ކުރެއްވިއެވެ.

އެ ސަރުކާރު ރައްޔިތުން ބަދަލު ކުރީ މިސްރާބުގައި ހިފީ 'ނާށިގަނޑު' ދޫކޮށްލާފައި 'ދިވެހިން ދިވެހިންގެ ރާއްޖެ' އަށް ދިއުމަށް ކަމަް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ދިވެހީން ދިވެހީންގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެންތާ 4 މަސް ތެރޭ މަސްކަނޑުތައް ބަލަހައްޓަން ފެށި ސަރުކާރަށް ސަޕޯޓް ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައި ކަމަށެވެ. އެ މަޝްރޫއު ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް ކަމަް ވެސް އޭނާ ވިދާޅުވެ ވަނީ ޝާހިދު ޖެއްސެވި ހިސާބު ދޮގުކުރައްވާފައެވެ.

ފެނަކައިގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެ ކުންފުންޏާ ހަވާލު ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށް ވެސް މުއްތަލިބް ވިދާލުވިއެވެ.

ހަމައެއާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދ ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އައި އިރު ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށެވެ. އެކަންކަން އަލުން ފަައި8 ބިލްތައް ވެެސް ދައްކައި މަޝްރޫއުތައް އެދަނީ ކުރިއަށް ކަމަަށާއި ބައެެއްތަންތަން ނިމިފައި އަދި އަނެއްބައި ތަންތަން އެދަނީ ނިމެމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.