އެކަންޓަކުން 1.8 މިލިއަން ފޭރުނު މައްސަލާގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ތިން މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
އެކަން ހާމަކުރައްވާފައިވާ ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ފަރާތުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތެވެ.
ލޫތު ވިދާޅުވީ 1.8 މިލިއަން ރުފިޔާ މީހެއްގެ އެކައުންޓުން ނެގި މައްސަލައާ ގުޅޭ މައްސަލަ ތަހުގީގު އެކީ އެއްކޮށް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި މިއަދު ޕީޖީއަށް ފޮނުވާފައިވާ ކަމަށްވެސް ލޫތު ވިދާޅުވިއެވެ.
ލޫތު ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ މައްސަލާގައި ތަހުގީގު ތެރޭގައި ކުރެވުނު މަސައްކަތުން މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ.
މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެ މައްސަލާގެ ތަފްސީލް ހާމަކުރައްވާފައިވާއިރު އޭރު ފުލުހުން ބުނީ އެ ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާއެކު ވަގުތުން ކޯޑިނޭޓް ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ހޯދާފައިވާ ކަަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލާ، ސްކޭމްގައި ބައިވެރިވި މީހުންކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކޮށްގެން ވެސް ބައެއް ފައިސާ ހޯދާފައިވާ ކަމަށެވެ.
ކުރިޔަށް ހޯދުނުކަމަށް ޝުކުރުވެރިވަން