އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. އިބްރާހީމް ޔާސިރު އަހުމަދު ހަމަޖައްސައިފިއެވެ.

އޭނަ އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން ހޮސްޕިޓަލްގެ މެނޭޖްމަންޓުން މިއަދު ވަނީ މަރުހަބާ ވެސް ކިޔައިފައެވެ. މީގެއިތުރުން ޑރ. ޔާސިރާ އެކީ އޭއީއެޗަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

އޭއީއެޗަކީ 2020 ގެ ޖެނުއަރީން ފެށިގެން ހިންގަމުން އަންނަ ހޮސްޕިޓަލަކަށް ވާއިރު، މި ހޮސްޕިޓަލުން ހިދުމަތް ދޭން ފެށުމާ އަކީ ހިތަދޫގައި ކުރިން ހިންގަމުން އައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާއެޗް) ވަނީ އުވާލައިފައެވެ.

އޭއީއެޗްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ޑރ. ޔާސިރު ވަނީ ސިއްހީ ދާއިރާގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗާއި މެޑިކާގައިވެސް ޔާސިރު ވަނީ މަސައްކަތް ކުރައްވާފައެވެ.