ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 10،000 ރުފިޔާފެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ އެއީ މިދިޔަ ބުރާސްފަތި ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާ ކަމަށެވެ. މި ކޭސްގެ އިންސިޑެންޓް ނަންބަރަކީ 591082 އެވެ.

އެ ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ވެސް ފުލުހުން އެދެފައިވެއެވެ.

މީގެއިތުރުން އިއްޔެ މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. މި ކޭސްގެ އިންސިޑެންޓް ނަންބަރަކީ 591291އެވެ.

އެގޮތުން ފުލުހުން ވަނީ އެ ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެއަށްފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެމަށް ފުލުހުން އެދެއެވެ.