ރަމަޟާން މަހުގައި އާންމުކޮށް ރޯދަ ވީއްލަން ތަނަކަށް ދާން ރާވާލައި ރައްޓެހިން ނުވަތަ އާއިލާ އެކުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ދިވެހިން މަދެއް ނޫނެވެ. އެ ގޮތުން ރޯދަ ވީއްލަން ދާނެ ތަނެއް ބަލައި ބުކިން ހަދައިގެން ނޫނީ ފަސޭހައިން ރަނގަޅު ތަނަކުން ޖާގައެއް ނުލިބެއެވެ. ހަމައެއާއެކު ގިނަ ބަޔަކު ރޯދަ މަހު ރޯދަ ވީއްލަން ދާނެ ތަނެއް ބަލާއިރު، އަގުގެ ގޮތުން އެއީ ޖީބަށް ލުއި އަދި ރޯދަ މެނޫގައި ހުންނަ ކާއެއްޗިއްސާ އެކަށީގެންވާ އަގެއް ތޯ ވެސް ބަލާ މީހުން އުޅެއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ފުޑް ބޭންކް އިން ވަނީ ރޯދައަށް ހާއްސަކޮށް އިފްތާރު މެނޫއެއް ނެރެފައެވެ. އެ މެނޫގައި ރެސްޓޯރަންޓަށް ގޮސްގެން ރޯދަ ވީއްލާ ނަމަ ހިޔާރު ކުރެވޭ މެނޫތަކަކާއި ޓެކްއަވޭގެ ގޮތުގައި ޑެލިވެރީ ކޮށްދޭ އިފްތާރު މެނޫތަކެއް ހިމަނާފައި ވެއެވެ.

ފުޑް ބޭންކް އިފްތާރު މެނޫ

ރެސްޓޯރަންޓަށް ގޮސްގެން ރޯދަ ވީއްލުމަށް ހާއްސަކޮށްފައިވާ މެނޫތަކުގެ އަގުތަކަށް ބަލާއިރު، މެނޫ 1 އެއީ ބޮލަކަށް 199 ރުފިޔާ ނަގާ މެނޫއެކެވެ. ދެވަނަ މެނޫއަކީ ބޮލަކަށް 210 ރުފިޔާ އަދި ތިން ވަނަ މެނޫއަކީ ބޮލަކަށް 255 ރުފިޔާ ނަގާ މެނޫއެކެވެ. މިއިން ކޮންމެ މެނޫއެއްގައި ތަފާތު އެތައް ބާވަތެއް ހިމެނޭ އިރު، އަގަށް ބަލާފައި މިއީ ރޯދަ ވީއްލަން އާއިލާ އާއި ރައްޓެހިން އެކީގައި ދާން ރަނގަޅު ރެސްޓޯރަންޓެކެވެ.

ފުޑް ބޭންކުން ބުނެފައި ވަނީ، ރޯދަ ވީއްލުން 10 މީހުންނަށް ބުކް ކޮށްފިނަމަ އެކަކުގެ ރޯދަ ވީއްލުން މ،ުޅިން ހީލޭ ލިބޭނެ ކަމަށެވެ. އަދި ރޯދަ ވީއްލުމަށް ބުކިން ހަދާނަމަ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3:00 ގެ ކުރިން ގުޅައިގެން ބުކިން ހެދުމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

ފުޑް ބޭންކް އިފްތާރު މެނޫ

ޓެކްއަވޭ އަދި ޑެލިވަރީ ކުރާ ގޮތަށް ވެސް މިއަހަރު ފުޑް ބޭންކުން ރޯދަ ވީއްލުމަށް ހާއްސަ ތަންދޫރީ ޕެކޭޖްތަކެއް ވަނީ ހަދާފައެވެ. މި ޕެކޭހްތަކަށް ބޅާއިރު އެކަކަށް ނަގާ ޕެކޭޖްގެ އަގަކީ 99 ރުފިޔާއެވެ. ދެމީހުންނަށް ނަމަ 160 އަދި ތިން މީހުންނަށް ނަމަ 260 ރުފިޔާ އެވެ.

މީގެ އިތުރުން ހާރު ދަމަށް ގަރުދިޔައާއި ބަތާއި ފިހުނު މަހެއް ވެސް ލިބެ ޕެކޭޖެއް ރޯދައަށް ހާއްސަ މެނޫގެ ތެރޭގައި ހިމެނެއެވެ. ހާރު ޕެކޭޖަށް އޯދަރު ކުރާ ނަމަ ކޮންމެ ރެއެއްގެ 1:00ގެ ކުރިން އޯޑަރު ކުރުމަށް ފުޑް ބޭންކުން ބުނެއެވެ.

ފުޑް ބޭންކް އިން އޯޑަރު ކުރުމަށް ނުވަތަ ރޯދަ ވީއްލުމަށް ދާން ބުކް ކުރުމަށް ގުޅާނީ 3307770 ނުވަތަ 3323665 އަށެވެ.