ޒަމާނުއްސުރެ އެތައް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ފުޑް ބޭންކު މިލޭނިއަމް އިން އަހަރު ނިމުމާ ދިމާކޮށް ހާއްސަ ގިވް އަވޭއެއް ފަށައިފިއެވެ.
ނަސީބުވެރި ފަރާތަށް ސީފުޑް ޕްލެޓާއެއް ލިބޭ މި ގިވް އަވޭ ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ގިވް އަވޭގެ ބައިވެރިންގެ މެދުގައި ގުރުއަތު ނެގުން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.
ގިވްއަވޭގައި ބައިވެރިވުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށްވެސް ފަސޭހައެވެ.
ސީފުޑް ޕްލެޓާ ލިބޭ ހާއްސަ ގިވްއަވޭގައި ބައިވެރިވުމަށް:
- ފުޑް ބޭންކް ފޭސްބުކް ޕޭޖަށް ލައިކް ކުރުން
- ފުޑްބޭންކް އިންސްޓަގްރާމް ޕޭޖަށް ފޮލޯ ކުރުން
- ފްރެންޑް ލިސްޓުގައި ހިމެނޭ މީހަކު ޓެގް ކުރުން
- އަދި ފުޑް ބޭންކްގެ ޕްރޮމޯޝަން ޕޯސްޓް ސްޓޯރީގައި ޝެއާކުރުން (ޕްރައިވެޓް އެކައުންޓެއް ނަމަ ޝެއާ ކުރުމަށްފަހު ސްކްރީން ޝޮޓް ފޮނުވަން ވާނެ)
މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް، ދެ ފަރާތަކަށް އިންސާފު ކުރެވޭ ވަރުގެ ސީފުޑް ޕްލެޓާއެއް ދިނުމަށް ފުޑް ބޭންކުން ވަނީ ނިންމާފައެވެ.
ފުޑް ބޭންކަކީ ތަފާތު އެކި ރަހަތަކަށް އިންސާފު ކޮށްލުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ހޭދަ ކުރުމަށް ހިތް ފަސޭހަ ރެސްޓޯރެންޓެކެވެ. މީގެ ކުރިންވެސް ފުޑް ބޭންކުން ވަނީ ތަފާތު އެކި ޕްރޮމޯޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.