އަސްކަރީ ޑްރޯން އިފްތީތާހު ކުރުމުން ރައީސް މައުމޫނު އަބްދުލްގައްޔޫމް، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫނު ވިދާޅުވީ އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުމުގެ ތާރީހީ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާދަންނަވާ ކަމަށެވެ.
އަސްކަރީ ޑްރޯން އިފްތީތާހު ކުރުމަށް ރޭ ވަނީ މާފަރު އިނިްޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ ހިމެނޭ މި ބޮޑު ސަރަހައްދަކީ ދިވެހިންގެ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގުބަލް އުޖާލާ ކުރުމައްޓަކައި ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށެވެ.
އަދި މި ސަރަހައްދުން ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމައްޓަކައި ކުރެވިދާނެ އެތައް ކަމެއް އެބަހުރިކަން އެންމެން ގަބޫލު ކުރަންޖެހޭ ކަށާ މި ސަރަހައްދު ބެލެހެއްޓުމަކީ އެންމެން ކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
މީގެއިތުރުން މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަމިއްލަ ސިޔާދަތީ ބާރު މި ސަރަހައްދަން ހިނގާ ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަމިއްލަ އަށް އަމިއްލަ ގައުމުގެ ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ މިއާއެކު އެމްއެންޑީއެފްގެ ވައިގެ ބާރުން ދިވެހިންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.