އަންނަ ހޯމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
  • ރަތް ހަނޑޫ - 80 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
  • އާދައިގެ ފުށް - 10 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ

ޒަކާތު ހައުސްއިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް:

  • ދިރާގް - އެޕް/ދިރާގު ޕޭ
  • އުރީދޫ - އެމްފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޮބައިލް
  • ބޭންކް އޮފް މޯލްޑިވްސް - ބީއެމްއެލް ޕޯޓަލް
  • ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
  • ފިނޭންސް މިނިސްޓްރީ - ބަނޑޭރި ޕޭ

އުމުރުން ދުވަސް ވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އެގޮތުން އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

މީގެއިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި (ސަރުކާރު ބަންދު ދުވަސްތަކުގައި) ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.