އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެން ކަމަށާއި މި ސަރުކާރަށް 100 ދުވަސްވީ އިރު 300 ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ މަޖިލިސް އިންތިހާބަށް "މިސްރާބު ހަމަ މަގަށް" ނަމުގައި އެމްޑީޕީން ފައްޓާ ކެމްޕެއިން އިފްތިތާހް ކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، އެކިއެކި ސަބަބުތަކަށްޓަކައި އެމްޑީޕީގެ އެތެރޭގައި ދިމާވި މައްސަލަތަކާއި، އިދިކޮޅުން "ދޮގާއި ފިތުނަައާ ވިއްކައިގެން" ވެރިކަން މި ވަނީ ބަދަލުވެފައި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި، ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް އަތުވެއްޖެ ނަމަ ކުރިން އޮތް ގޮތަށް ބަދަލުވެގެން ދާނެ ކަމަށް އޭރުވެސް ވިދާޅުވި ކަން ފައްޔާޒް ހަނދާން އާ ކޮށްދެއްވިއެވެ.
އާ ސަރުކާރު ވެރިކަމަށް އައިސްގެން ވޭތުވެ ދިޔަ 3 މަސް ދުވަހަށް ބަލާލިއަސް ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށާއި ވެރިކަމަށް 100 ދުވަސްވީ އިރު 300 ދޮގު މި ސަރުކާރުން ހަދާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން އާ ސަރުކާރުން ވެރިކަމަށް އައީ ދޮގު ހަދަމުން ކަމަށާއި ކޮންމެ ދުވަހަކު ވެސް އަންނަނީ ދޮގު ހަދަމުން ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.
އާ ސަރުކާރުން ވެރިކަމަށް އައީ އިގްތިސޯދު ރަނގަޅު ކުރާނަމޭ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ކިޔައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން އެ ދަނީ ބަލާލުމެއް ނެތި ކަމަށާއި ރާއްޖޭގެ އިގްތިސޯދު މިދަނީ އަނދަވަޅަކާ ދިމާއަށް ކަމަށް ފައްޔާޒް ސިފަ ކުރެއްވިއެވެ. އެހެން ކަމުން މާދަމާ ރާއްޖޭގެ އިގްތިސޯދު ފުން އަނދަވަަޅަކަށް ވައްޓާލިޔަ ނުދީ ހިފެހެއްޓެން އޮތީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހާސިލް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
އާ ސަރުކާރު އައިސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް އަނިޔާވެރި ކަމަކަށް ނުދެވިގެން އެ އުޅެނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި އިންތިހާބު ރޯދަ މަހު ބޭއްވި ކަމުގައި ވިޔަސް ހިތްވަރުކޮށްގެން އެ ދުވަހު ވޯޓުލާން ނިކުތުމަށް ފައްޔާޒް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ފައްޔާޒް ވަނީ އެމްޑީޕީ އުފެދިގެން އައި ގޮތަށް ވެސް އަޅިއަޅުއްވާލާފައެވެ. އެ ގޮތުން އެމްޑީޕީ އުފެދިގެން އައީ ދިވެހި ރައްޔިތުންނަށް ހައްގުތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށާއި އަނިޔާވެރި މުޖުތަމައުއެއްގައި އެ ހާލަތު ބަދަލުކޮށް ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދައި ދިނުމައްޓަކައި ނިކުތް ޕާޓީއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ، އެ މަސައްކަތުގައި ޒަމާންތަކެއް ވަންދެން މަސައްކަތް ކޮށް އެ ޕާޓީން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައި ދީފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ 20 އަހަރުގައި ގައުމަށް އައި ތަރައްގީއާއި ބަދަލުގެ ފަހަތުގައި ތިބީ އެމްޑީޕީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ކަލޭގެ ލަދުހަޔާތް ނެތީތަ މުޅި ރާއްޖެ އިދެޖައްސާލާފަ އޮއްވާ ޤައުމު ކޮޅަށްޖަހަން ބަޔަކު އުލެތީ ތިޔަފާޑު ފާޑުގެ އެއްޗެތިކިޔާ ރައްޔިތުންނަށް ބިރުދައްކަން ތިއުޅެނީ ރައްޔިތުންނަށް އެގެޔޭ ފައްޔާޒުތީ ކިހާފެންވަރަކަށް ވެއްޓޭންކެރޭނެ މީހެއްކަން